Advertisement

13 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އިންޑިއާގައި ސިކުނޑިއަށް ޖެހޭ ބައްޔެއް ފެތުރޭތީ ދިވެހިން ސަމާލުވާން އެދިއްޖެ

“ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ނަމަކަށް ކިޔާ ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް އިންޑިއާގެ ކެރެލާގައި ފެތުރެމުންދާތީ، ކެރަލާއަށް ދަތުރު ކުރާ ދިވެހީންނާއި އެތާންގައި ދިރިއުޅޭ ދިވެހީން އެ ކަމަށް ސަމާލުވުމަށް ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުނު އިއުލާނެއްގައި ބުނެފިއެވެ.

ކޮންސިއުލޭޓުން މިކަން އަންގާފައި މިވަނީ ކެރެލާގެ ސިއްހަތާ ބެހޭ ވުޒާރާތަކުން ވެސް މި ބައްޔަށް ސަމާލުވުމަށް އިލްތިމާސް ކުރުމާ ގުޅިގެންނެވެ. 

ކޮންސިއުލޭޓުން ނެރުނު އިއުލާނުގައި އިތުރަށް ބުނެފައިވަނީ، މި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ. މި ބަލީގެ އަމާލާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ހޮޑުލުމާއި، ކަނދުރާގެ ނާރު އެރުމާއި، ވާނުވާ ނޭނގުން އަދި ފިޓު ޖެހުން ފަދަ ކަންކަމެވެ. 

މި ބަލި ޖެހިގެން ފާއިތުވި ދެ މަސްދުވަސް ތެރޭގައި 4 ކޭސް ރިޕޯޓުކޮށްފައި ވާއިރު، މީގެ ތެރެއިން 3 ކުޑަކުދިން ވަނީ މަރުވެފައެވެ. 

މި ބަލި ދަތުރު ކުރަނީ، ހޫނުކޮށް ހުންނަ ސާފު ފެނުގެ ތެރެއިންކަމުން، ޑޮކްޓަރުން އިލްތިމާސް ކުރަނީ އިންޑިއާގެ ކޯރުތަކަށް ނޭރުމަށެވެ. އަދި ކޯރަކަށް އެރެފިނަމަ، ތާފަނާ ފެނުން ނޭފަތް ދޮވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ. ސަބަބަކީ މި ބަލި ހަށިގަނޑުގެ ތެރެއަށް ވަންނަނީ އަނގަޔާއި ނޭފަތުން ކަމަށް ވުމެވެ. 

ކެރަލާގެ މެޑިޓްރިނާ ހޮސްޕިޓަލްގެ ޑޮކްޓަރަކު ފާހަގަކޮށްފައިވާ ގޮތުގައި، މި ބަލީގައި މަރުވަނީ ބަލިޖެހުމަށްފަހު ރަގަޅު ފަރުވާ ނެދެވުމުގެ ސަބަބުންނެވެ. އެހެންކަމުން މި ބައްޔާ ގުޅިގެން އާންމުން ހޭލުންތެރި ކުރުމަކީ މުހިންމު ކަމެއްކަމުގައި ޑޮކްޓަރ ފާހަގަކޮށްފައި ވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.