އިންޑިއާ
26 Jan 2024
ޚަބަރު
އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
20 Jan 2024
ޚަބަރު
އިންޑިއާ ސިފައިން ބޭލުމުގެ ދެވަަނަ މަޝްވަރާ ބައްދަލުވުން އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ބާއްވަނީ
ޔުގަންޑާގެ ކަމްޕާލާގައި މިހާރު ކުރިޔަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް މިހާރު އެޤައުމަށް ވަޑައިގެން ހުންނެވި، ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު، ނޫން.އެމްވީއަށް ވިދާޅުވީ، ހައިލެވެލް ކޮމިޓީގެ ދެވަނަ ބައްދަލުވުން މިހާރު ހަމަޖެހިފައި އޮތީ ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބޭއްވުމަށް ކަމަށެވެ. އަދި އެބައްދަލުވުންތަކުގައި ދެޤައުމުގެ މެދުގައި މިހާރު ހުރި މައްސަލަތަކާއި ގުޅޭ ގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވޭނެ ކަމުގައިވެސް މިިނިސްޓަރ ވިދާޅުވިއެެވެ.
18 Jan 2024
ޚަބަރު
ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޖައިޝަންކަރާއި ބައްދަލުކުރައްވައިފި
މިބައްދަލުވުމާއި ގުޅޭ ގޮތުން، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވިދާޅުވީ، އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުމާއި ބެހޭ ގޮތުންނާއި، ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
18 Jan 2024
ޚަބަރު
އިންޑިއާއަކީ ރާއްޖޭގެ ރަހުމަތްތެރިއެއް، އިހްތިރާމް ކުރަންވާނެ: ނަޝީދު
އިންޑިއާއަކީ ރާއްޖޭގެ ރަހުމަތްތެރިއެއް ކަމަށާއި އަބަދުވެސް އެ ގައުމަށް އިހުތިރާމް ކުރަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
16 Jan 2024
ޚަބަރު
ފްލައިޓް ޖެއްސުން ޑިލޭވާނެކަން އިއުލާނު ކުރުމުން އިންޑިއާ މީހަކު ޕައިލެޓަށް ހަމަލާދީފި
ވީޑިއޯއިން ފެންނަ ގޮތުގައި އިންޑިގޯގެ ފްލައިޓް ލޭންޑުކުރުން ކޮންމެވެސް ސަބަބަކާއި ހުރެ ޑިލޭވެއްޖެކަން އިޢުލާނުކުރަނީ، ކޮކްޕިޓުން ނުކުމެ ކޯ ޕައިލެޓެވެ. އެވަގުތު އިންޑިއާގެ ޒުވާން ފިރިހެނަކު ވަނީ، ފުންމައިގެން ގޮސް ޕައިލެޓްގެ މޫނު މަތީގައި ޖަހާފައެވެ. އަދި ހިންދީ ބަހުން، ފްލައިޓް ދުއްވަންޏާ ދުއްވާށޭ، ނުދުއްވަންޏާ ނުދުއްވާށޭ ބުނެއެވެ.
15 Jan 2024
ޚަބަރު
ބާރުގެ ބޭނުންކޮށްގެން ރާއްޖޭގެ ވެރިކަން ބަދަލުކުރަން އިންޑިއާގެ ކުރީގެ މަޖިލިސް މެމްބަރަކު ގޮވާލި ގޮވާލުން އެމްޑީޕީން ކުއްވެރިކޮށްފި
އެޕާޓީން އިނގިރޭސި ބަހުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ސުބްރަމާނިއަމް ދެއްކި އެވާހަކައަކީ، ނަފުރަތާއި ރުޅިވެރިކަން ދެޤައުމުގެ ރައްޔިތުންގެ މެދުގައި އުފެއްދުމަށް ދައްކާފައިވާ ވާހަކައެއް ކަމަށެވެ. އަދި އިންޑިއާގެ ދާޚިލީ ސިޔާސީ ކަންކަމުގެ ތެރެއަށް ރާއްޖެ ނުވެއްދުމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
14 Jan 2024
ޚަބަރު
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާއި ގުޅޭ ގޮތުން ރާއްޖެއާ އިންޑިއާއިން ރަސްމީ މަޝްވަރާތައް ފަށައިފި
ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ކުރިޔަށްދާ މަތީ ފެންވަރުގެ މިބައްދަލުވުމުގައި މަޝްވަރާ ކުރެވޭނެ ކަންކަމާއި ގުޅޭ ގޮތުން މިހާތަނަށް ފޮރިން މިނިސްޓްރީންވެސް އަދި ސަރުކާރުންވެސް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
10 Jan 2024
ޚަބަރު
އިންޑިއާގެ ހެކަރުން ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށް އިންޒާރުދީފި
އެވެބްސައިޓް ހެކްކޮށް ވެބްސައިޓްގެ ފްރޮންޓް ޕޭޖަށް މިހާރު އަރުވާފައި ހުރީ އިންޑިއާގެ ދިދަ އާއި ހެކަރުންގެ ގުރޫޕުން ދިވެހިރާއްޖެއަށާއި ދިވެހި ސަރުކާރަށް ދީފައިވާ އިންޒާރުގެ މެސެޖެކެވެ. އެމެސެޖުގައި ބުނެފައި ވަނީ، ވެބްސައިޓް ހެކްކޮށްފައި ވަނީ، ޓީމް ނެޓްވޯކް9 ނަމަކަށް ކިޔާ ގުރޫޕަކުން ކަމަށެވެ.
07 Jan 2024
ޚަބަރު
ފުރައްސާރަކުރުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ޓެރިޓަރީއެއްގެ ގޮތުގައި އޮތް ލަކްޝަދީބަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ލަކްޝަދީބުގެ ޓުއަރިޒަމް ޕްރޮމޯޓް ކުރެއްވުމަށް، ސޯޝަލްމީޑިއާއަށް ދޫކޮށްލި ޕޯސްޓްތަކާ ގުޅިގެން އެ މަނިކުފާނާއި އެ ގައުމުގެ ސިޔާސީ ލީޑަރުންނަށް ނިސްބަތްވާ ގޮތަށް މީސްމީޑިއާގައި ބޭއަދަބީ ކޮމެންޓުކުރުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
05 Jan 2024
ރިޕޯޓް
ދިވެހިރާއްޖެއާ ގުޅުވައި މޯދީ މިދެއްވަނީ ކޮން މެސެޖެއް!
އިންޑިއާ އާއި ފެއަށް ސަރުކާރުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ދާއިރު އިންޑިއާއިން ނުސީދާ ގޮތުން މިދޭ މެސެޖަކީ، އިންޑިއާއިން ދިވެހިރާއްޖެއާ މާދުރަށް ފިޔަވަޅެއް އަޅައިފާނެ ކަމުގެ ސިގްނަލެކެވެ. އިންޑިއާގެ ރައްޔިތުން ދިވެހިރާއްޖެއަށް އަންނަން ޖެހޭނޭ ބޭނުމެއް ނެތްކަމުގެ ސިގްނަލެކެވެ.
30 Dec 2023
ޚަބަރު
ޓްރިވަންޑްރަމް އެއަރޕޯޓުން ބޯޑިން އިއުލާނުކުރުން ހުއްޓާލައި ސައިލަންޓް އެއަރޕޯޓަކަށް
އިންޑިއާގެ ޓްރިވަންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓުން ޖެނުއަރީ 1، 2024 ފެށިގެން ސައިލެންޓް އެއަރޕޯޓަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ. މި ނިންމުމާއިއެކު 1 ޖަނަވަރީން ފެށިގެން އެ އެއަރޕޯޓްގައި ދެން ބޯޑިންއަށް އިއުލާނެއް ނުކުރާނެއެވެ.
29 Dec 2023
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިންޑިއާ ސަފީރާ ބައްދަލުކުރިކަމަށް ސަރުކާރުން ފެތުރިވާހަކަތައް ދޮގުކޮށްފި
ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިން ކުރި ތުހުމަތުތައް އިންޑިއާާ ހައިކޮމިޝަނުން މިރޭ ދޮގުކުރި އިރު، ރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. ނުރަނގަޅު މައުލޫމާތެއްގެ މައްޗަށް އަދި ޚާއްޞަކޮށް ސޯޝަލްމީޑިއާގައި ބަޔަކު ފަތުރާ އެއްޗެއްގެ ހަޤީޤަތް އެނގުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ވާހަކަފުޅު ދެއްކެވުންވެސް، އިދިކޮޅު ފަރާތްތަކުން ފާހަގަކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައެވެ.
09 Dec 2023
ދުނިޔެ
އަންނަ އަހަރުގެ މާޗުގެ ނިޔަލަށް އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާކޮށްފި
ޖެނުއަރީ 5 އިން ފެށިގެން މާރިޗް 31 ގެ ނިޔަލަށް އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން މުޅިން މަނާވާނެއެވެ. އަދި ޑިސެމްބަރު 8 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 5 ވަނަ ދުވަހާއި ހަމައަށް ވަކި ޝަރުޠުތަކަކާއި ހަމަތަކުގެ ތެރެއި ފިޔާ އެކްސްޕޯޓް ކުރެވޭނެ ކަމުގައި އިންޑިއާ ސަރުކާރުން ހާމަކޮށްފައިވެއެވެ.
05 Dec 2023
ޚަބަރު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސައްޙަ އަދަދު އަދިވެސް ސަރުކާރަށް ނޭނގޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާއި ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީއާ ފޮރިން މިނިސްޓްރީ އަދި އިންޑިއާ އެމްބަސީ ގުޅިގެން އުފައްދާފައިވާ ކޮމިޓީން މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށެވެ.
02 Dec 2023
ޚަބަރު
އިންޑިއާގެ އެންމެ މުއްސަނދިމީހާއާ ރައީސް ޑރ. މުޢިއްޒާއި ބައްދަލުވެވަޑައިގެންފި
މުކޭޝް އަމްބާނީއަކީ، އިންޑިއާއާ އިންޑިއާއިން ބޭރުގައި ބޮޑެތި ވިޔަފާރިތައް ހިންގާ ބޭފުޅެކެވެ. މިގޮތުން މުވާސަލާތާއި، ތެލާއި ހަކަތަ އަދި ވިޔަފާރު ބަނދަރުތައް ހިންގުމުގެ ވިޔަފާރިތައް ކުރާއިރު އޭނާގެ މިލްކިއްޔާތުގެ އަގު ގާތްގަނޑަކަށް 92 ބިލިއަން ޑޮލަރަށް އަރައެެވެ.
01 Dec 2023
ޚަބަރު
ކޮޕް-28ގެ ހަވާސާގައި، ރައީސް ޑރ. މުއިއްޒު އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ކޮޕް-28ގެ ހަވާސާގައި، ދެބޭފުޅުން ބޭއްވެވި މިބައްދަލު ކުރެއްވުމުގައި ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިބައްދަލުވުމުގައި ދެބޭފުޅުން ވަނީ، އިންޑިއާއާ ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް ކޮމިޓީއެއް އުފެއްދެވުމާއި، އަދި ދެޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުފުޅާ ކުރުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.