Advertisement

މުޒާހަރާގައި ބެނާތަކާއެކު ޑޮކްޓަރުން އަޑުއުފުލަނީ، ފޮޓޯ: އިދުރީސް މުޙައްމަދު / ވީއެފްޕީ

15 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ޑޮކްޓަރަކު ރޭޕްކޮށް މަރާލުމާ ގުޅިގެން އިންޑިއާގެ ކޮލްކަޓާގައި މުޒާހަރާތައް ކުރިޔަށް

އިންޑިއާގެ ކޮލްކަޓާގައި ހުންނަ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދިޔަ އަންހެން ޑޮކްޓަރަކު ޑިއުޓީގައި ހުއްޓާ ރޭޕްކޮށް، އޭނާ މަރާލުމާ ގުޅިގެން ޑޮކްޓަރުންނާއި އެކްޓިވިސްޓުން ފެށި މުޒާހަރާ ވަނީ ބުދަ ދުވަހު ވެސް ކުރިޔަށް ގެންގޮސްފައެވެ. މެޑިސިން ކިޔަވާ ކުދިންނަށް މަސައްކަތު ތަޖުރިބާ ދިނުމަށް ހާއްސަ މި ހޮސްޕިޓަލުގައި މި ހާދިސާ ހިނގާފައިވަނީ އޯގަސްޓު 9 ވީ ހުކުރު ދުވަހުގެ ރެއެވެ.

ޖުމްލަ ގޮތެއްގައި މި މުޒާހަރާތައް ކުރިޔަށް ގެންދަނީ އަމާންކޮށެވެ. ނަމަވެސް ފިރިހެނުންގެ ކުޑަ ގްރޫޕެއް ވަނީ، އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ދަރިވަރުން ނިސްބަތްވާ އާރުޖީ ކާރ މެޑިކަލް ކޮލެޖަށް ވަދެ އެތަން ލޫޓުވާ، ތަނުގެ ބައެއް ތަކެއްޗަށް ގެއްލުންދީފައެވެ.

އުމުރުން 31 އަހަރުގެ ޑޮކްޓަރުގެ މަރުވެފައި އޮތް ހަށިގަނޑު ފެނިފައިވަނީ ހޮސްޕިޓަލުގެ ތެރެއިން، ގިނަ އަނިޔާތަކާއެކުގައެވެ.

މަރުވި ޑޮކްޓަރުގެ އާއިލާއަށް ހޮސްޕިޓަލުގެ ފަރާތުން ފުރަތަމަ އަންގާފައިވަނީ، އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އަދި ލޯޔަރ، ރިންދާ ގްރޯވަރ އަލް ޖަޒީރާއަށް ދީފައިވާ އިންޓަވިއުގައި ބުނީ، ޑޮކްޓަރުގެ އޮޓޮޕްސީ ރިޕޯޓުން ދައްކާ ގޮތުން، އޭނާ ވަނީ ރޭޕް ކުރުމަށްފަހު މަރާލާފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ތުހުމަތު ކުރެވެނީ ސަންޖޯއީ ރޯއީ ކިޔާ މީހަކަށެވެ. އޭނާއަކީ މި ހާދިސާ ހިނގާފައިވާ ހޮސްޕިޓަލަށް އާންމުކޮށް ޒިޔާރަތްކޮށް އުޅޭ ސިވިކް ވޮލެންޓިއަރެކެވެ. ހޮސްޕިޓަލުގެ ވޯޑަށް ވަނުމުގެ ހުއްދަ އޭނާއަށް ދީފައިވާއިރު، ޕޮލިހުން ވާނީ އޭނާއާ ދެކޮޅަށް ހެކި ހޯދާފައިކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ހޯމަ ދުވަހުގެ ފެށި މި މުޒާހަރާގައި ޑޮކްޓަރުންގެ ޖަމްއިއްޔާއެއް ކަމުގައިވާ، ފެޑެރޭޝަން އޮފް ރެސިޑެންޓް ޑޮކްޓަރސް އެސޯސިއޭޝަން (ފޯރޑާ) އިން ވަނީ ހޮސްޕިޓަލުތަކުން ދެމުން އަންނަ އިލެކްޓިވް ހިދުމަތްތައް ހުއްޓާލުމަށް ގޮވާލާފައެވެ. އިލެކްޓިވް ހިދުމަތްތަކަކީ ފަސްކުރެވިދާނެ ނުވަތަ މެޑިކަލީ އެހާ މުހިންމު ނޫން ފަރުވާތަކެވެ.

މި މައްސަލައާ ގުޅިގެން، އެތައް ހާސް ޑޮކްޓަރުންނެއް މަގުމައްޗަށް ނިކުމެ ހޯމަ ދުވަހު ގޮވާލާފައިވަނީ، ޑޮކްޓަރުންނަށް ރައްކާތެރިކަން ދިނުމަށާއި، މަރާލެވުނު ޑޮކްޓަރަށް އިންސާފު ހޯދައިދިނުމަށެވެ. އަދި އެއަށްފަހު އަންގާރަ ދުވަހު ކޮލްކަޓާގެ ހައިކޯޓުން ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އަށް ފޮނުވާފައެވެ.

ޖިންސީ ގޮތުން ދެވޭ އަނިޔާތަކުގެ މައްސަލަތަކަކީ އިންޑިއާގައި ބޮޑު މައްސަލައެކެވެ. އެގޮތުން 2022 ވަނަ އަހަރު އެކަނިވެސް، އެވަރެޖްކޮށް ދުވާލަކަށް 90 ރޭޕް ކޭސް ވަނީ ޕޮލިހަށް ހުށަހަޅާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.