Advertisement

ބަނގުލަދޭޝްގެ ފެނީގައި ތާށިވެފައި ތިބި މީހުން ބަދަލު ކުރަނީ، ފޮޓޯ: އޭއެފްޕީ

24 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

އިންޑިއާ އާއި ބަނގުލަދޭޝްގައި ފެން ބޮޑުވެ ލައްކައެއްހާ މީހުން ތާށިވެއްޖެ

އިންޑިއާ އާއި ބަންގްލަދޭޝްގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ، އިންޑިއާގެ އިރުއުތުރާއި އަވަށްޓެރި ބަންގްލަދޭޝްގެ އިރުމަތީ ސަރަހައްދުގައި ލައްކައެއްހާ މީހުން ތާށިވެއްޖެއެވެ.

ބަނގުލަދޭޝްގެ ޑިސާސްޓަރ މެނޭޖުމެންޓް އެންޑް ރިލީފް އިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގެ އަސަރު އިރުމަތީ ބަންގްލަދޭޝްގެ ގާތްގަނޑަކަށް 4.5 މިލިއަން މީހުންނަށް ވަނީ ކޮށްފައެވެ. އަދި މި ހާދިސާގައި ހުކުރު ދުވަހާ ހަމައަށް 13 މީހުން ވަނީ އެ ގައުމުން މަރުވެފައެވެ.

އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ ޓްރިޕޫރާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބިންގަނޑު ކަހާލާފައިވުމުގެ ސަބަބުން، 65،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށްލަން ޖެހިފައިވާއިރު، 23 މީހުން ވަނީ މިހާތަނަށް މަރުވެފައެވެ.

މި ހާދިސާގައި ގާތްގަނޑަކަށް 1.7 މިލިއަން މީހުންނަށް އަސަރުކޮށްފައިވާ ޓްރިޕޫރާގައި 450 ރިލީފް ކޭމްޕް ވަނީ ހުޅުވާފައެވެ. މީގެ އިތުރުން އެ ސަރަހައްދުގެ އިންފްރާސްޓްރަކްޗާ އާއި ދަނޑުވެރިކަން ކުރާ ބިންތަކަށާއި، ދަނޑުވެރިކަމުން އުފައްދާފައި ހުރި ބާވަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން އިންޑިއާގެ ޓްރިޕޫރާގެ އުތުރުން ބޮޑުވެފައިވާ ފެންގަނޑުގެ ސަބަބުން އިރުމަތީ ބަންގްލަދޭޝްގެ ގިނަ ސަރަހައްދުތަކަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އެގޮތުން ބަނގުލަދޭޝްގެ ކުމިލާ، ފެނީ އަދި ނޮއަޚާލީ ފަދަ އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުން ކަރަންޓް ކަނޑައިގެން ގޮސް، މަގުތައް ވަނީ ބަންދުވެފައެވެ.

މޫސުމީ ވާރޭއާއެކު ދެކުނު އޭޝިއާގެ ހިސާބުތަކަށް ބޮޑެތި ގެއްލުންތަކެއް ކޮންމެ އަހަރަކު ވެސް ލިބޭއިރު، މޫސުމީ ބަދަލާއެކު ކުރިމަތިވާ ހާދިސާތައް ވެސް އަންނަނީ އިތުރުވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.