Advertisement

އިންޑިއާގެ އެގްޒިމްބޭންކުގެ އެހީގައި ހިންގި މަޝްރޫޢުތައް ނިމި ރަސްމީކޮށް ދިވެހިސަރުކާރާއި ހަވާލުކުރުން --

10 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާގެ އެގްޒިމްބޭންކްގެ އެހީގައި 28 ރަށެއްގައި ހިންގި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނިމި ދިވެހި ސަރުކާރާއި ހަވާލުކޮށްފި

އިންޑިއާގެ އެގްޒިމްބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ރާއްޖޭގެ 34 ރަށެއްގައި ހިންގަމުންގެންދާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ތެރެއިން، 28 ރަށެއްގެ މަޝްރޫޢުތައް ނިމި، ރަސްމީ ގޮތުން މިއަދު ދިވެހި ސަރުކާރާއި ހަވާލުކޮށްފިއެވެ.

މިރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިރަސްމިއްޔާތުގައި،  އިންޑިއާގެ ޚާރިޖީ ވަޒީރު، ޑރ. އެސް ޖައިޝަންކަރާއިއެކު ރައީސުލްޖުމްހޫރިއްޔާ ޑ. މުޙައްމަދު މުޢިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމްގެ މަސައްކަތް ނިންމައި އެމަޝްރޫޢުތައް ދިވެހި ސަރުކާރާއި ހަވާލުކުރުމުގެ ރަމްޒީލިޔުން ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރާއި ހަވާލުކޮށްދެއްވީ، އިންޑިއާގެ ޚާރިޖީ ވަޒީރު، ޑރ. އެސް ޖައިޝަންކަރެވެ.

މިއަދު ހަވާލުކުރި މަޝްރޫޢު ތަކުގެ ތެރޭގައި ހިމެނެނީ، 5 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢއާއި، 21 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ހިންގި މަޝްރޫޢުތަކާއި، 2 ރަށެއްގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުތަކެވެ.  މިމަޝްރޫޢުތަކަކީ، އެމްޑީޕީގެ ވެރިކަމުގައި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، 18 މާރިޗު 2019ގައި އިންޑިއާގެ އެގްޒިމް ބޭންކާއިއެކު ސޮއިކުރި، 800 މިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ އެގްރިމެންޓްގެ ދަށުން ހިންގާފައިވާ މަޝްރޫޢުތަކެކެވެ. މިފެސިލިޓީގެ ދަށުން ޖުމުލަ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމްތައް ޤާއިމްކުރުމުގެ މަޝްރޫޢުތައް ވަނީ ފަށާފައެވެ. ދިވެހި ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި މިމަޝްރޫޢުތަކަަށް، 110 މިލިއަން ޔޫއެސްޑޮލަރު ނުވަތަ 1.6 ބިިލިއަން ދިވެހި ރުފިޔާ ވަނީ ޚަރަދުކުރެވިފައެވެ. މި މަޝްރޫޢުތައް ކުރިޔަށް ގެންގޮސްފައި ވަނީ އިންޑިއާގެ 4 ކުންފުންޏާކާއި ހަވާލުކޮށްގެންނެވެ. 

މިމަޝްރޫއުތަކުގެ މަސައްކަތްތައް ކޮށްފައިވަނީ އިންޑިއާގެ ކުންފުނިތައް ކަމުގައިވާމ ވިޝްވަރާޖް އެންވަޔަރަންމެންޓް ޕްރައިވެޓް ލިމިޓެޑާއި، ޖޭއެމްސީ ޕްރޮޖެކްޓްސް ނުވަތަ ކަލްޕަޓްރޫ ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް، އެމްއެމްސީ އިންފްރާސްޓްރަކްޗަރސް ޕްރައިވެޓް ލިމިޓެޑް އަދި ޓްރީމެނީ އިންޖިނިއަރިން އެންޑް އިންޑަސްޓަޓްރީ ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

މިއަދު މިހަވާލު ކުރެވުނު 28 މަޝްރޫޢުގެ ފައިދާ 28 ހާހަށްވުރެ ގިނަ މީހުންނަށް ލިބޭ އިރު އެއީ، ރާއްޖޭގެ އާބާދީގެ %7 އިންސައްތަ ކަމުގައިވެސްވެސް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.