Advertisement

ވެއްޓުނު ބުރިޖު --

22 Mar 2024
ދުނިޔެ
ޢަލީ ސުލައިމާން

އިންޑިއާގެ ބިހާރުގައި ހަދަމުން ދިޔަ ބްރިޖެއް ވެއްޓިއްޖެ

އިންޑިއާގެ ބިހާރުގައި ހަދަމުން ދިޔަ ބްރިޖެއް ވެއްޓި އެކަކު މަރުވެ މަދުވެގެން 9 މީހުން ޒަޚަމްވެއްޖެއެވެ.

މިހާދިސާ ހިނގާފައި ވަނީ މިއަދުއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަދަމުން ދިޔަ ބުރިޖުގެ ސްޕަރ ސްޓްރަކްޗަރތައް ގުޅުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ބުރިޖުގެ ބައެއް ބައިތައް ވެއްޓި އަނިޔާވީ އެމަސައްކަތް ކުރުުމުގައި ހަރަކާތްތެރިވަމުން ދިޔަ މީހުންނަށެވެ.

ވެއްޓުނު މިބްރިޖަކީ، ބިހާރުގެ ބޭޖާ އާއި ބަކޫރް ގުޅާލުމަށް އަޅަމުން އައި ބްރިޖެކެވެ. ވެއްޓުނު ބުރިޖުގެ ބައިތަކުގެ ދަށުގައި 10 ވަރަކަށް މީހުން ތާށިވެފައިވާ ކަމަށާއި އެމީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައިވެސް ބިހާރުގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

ކޯރެއް ހުރަސްކޮށް އަޅަމުން ދިޔަ މިބުރިޖުގެ ސްޕަރ ސްޓްރަކްޗަރތަކުގެ ބައެއް ވެއްޓުނީ ބުރިޖުގެ ފެންވަރުދަށްވުމުގެ ސަބަބުންކަމުގައި، މާހިރުން ބުނެފައިވެއެވެ.

ވެއްޓުނު ބުރިޖަކީ ބިހާރުގައި، ބާރަތު މާލާ ޕްރޮޖެކްޓްގެ ދަށުން އަޅަމުން އަންނަ ބުރިޖެކެވެ. އެބްރިޖުގެ އަގަކީ، 12 ބިލިއަން ރުޕީސް ނަމަވެސް މިހާތަނަށް އެބްރިޖަށް 117 ބިިިލިއަން ރުޕީސް ޚަރަދުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އަހަރުވެސް ބިހާރުގައި، ގަންގާ ކޯރު ހުރަސްކޮށް އަޅާފައި އޮތް ބުރިޖެއް ވެއްޓުނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.