Advertisement

21 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ޑޮކްޓަރުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ މަސައްކަތަށް ޓާސްކު ފޯހެއް އުފެއްދުމަށް އިންޑިއާގެ ސްޕްރީމް ކޯޓުން އަމުރުކޮށްފި

ޓްރެއިނީ ޑޮކްޓަރެއް ރޭޕް ކުރުމަށްފަހު މަރުލުމާ ގުޅިގެން، އިންޑިއާގެ ސިއްހީ ހިދުމަތްތެރީން ފަށާފައިވާ އިހުތިޖާޖުތައް ހުއްޓާލުމަށް ގޮވާލައި، ޑޮކްޓަރުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ފެށުމަށް ގައުމީ ޓާސްކް ފޯހެއް އުފެއްދުމަށް އެ ގައުމުގެ ސްޕްރީން ކޯޓުން އަމުރުކޮށްފިއެވެ. ސްޕްރީމް ކޯޓުން ޑޮކްޓަރުންގެ އަރިހުން އެދުނީ، އިހުތިޖާޖު ހުއްޓާލުމަށްފަހު މަސައްކަތަށް އެނބުރި ރުޖޫއަ ވުމަށެވެ.

ސްޕްރީމް ކޯޓުން ހާމަކޮށްފައިވާ ގޮތުން، އެ ޓާސްކް ފޯހުގައި އިންޑިއާގެ އެކި ހިސާބުތަކުގެ ޑޮކްޓަރުން ހިމެނޭނެއެވެ. އެ ޓާސްކް ފޯހުގެ އަމާޒަކަށް ވާނީ، އިންޑިއާގެ ސިއްހީ ހިދުމަތްދޭ ހުރިހާ މަރުކަޒެއްގައި މަސައްކަތްކުރާ އެންމެންގެ ސަލާމަތްތެރިކަން ކަށަވަރު ކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ސްޕްރީމް ކޯޓަށް ހުށަހެޅުން ކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފައެވެ.

މެޑިސިން ކިޔަވާ ދަރިވަރުންނަށް މަސައްކަތު ތަޖުރިބާ ދިނުމަށް ހާއްސަ އާރުޖީ ކާރ މެޑިކަލް ކޮލެޖުގައި މި ހާދިސާ ހިނގާފައިވަނީ އޯގަސްޓު 9 ވީ ހުކުރު ދުވަހުގެ ރެއެވެ. އަދި އުމުރުން 31 އަހަރުގެ ޑޮކްޓަރުގެ މަރުވެފައި އޮތް ހަށިގަނޑު ފެނިފައިވަނީ ހޮސްޕިޓަލުގެ ތެރެއިން، ގިނަ އަނިޔާތަކާއެކުގައެވެ.

މި ހާދިސާއާ ގުޅިގެން ފެށި މުޒާހަރާތަކާއެކު އިންޑިއާގެ ގިނަ ހޮސްޕިޓަލުތަކުން ދެމުން ގެންދިޔަ އިލެކްޓިވް ހިދުމަތްތައް ވަނީ ހުއްޓާލާފައެވެ. އިލެކްޓިވް ހިދުމަތްތަކަކީ ފަސްކުރެވިދާނެ ނުވަތަ މެޑިކަލީ އެހާ މުހިންމު ނޫން ފަރުވާތަކެވެ. މީގެ އިތުރުން، މި މުޒާހަރާތަކާ ގުޅިގެން، އެތައް ހާސް ބަލިމީހުނަށް އަންނަނީ މިކަމުގެ އުނދަގޫ ފޯރަމުންނެވެ.

ޖިންސީ ގޮތުން ދެވޭ އަނިޔާތަކުގެ މައްސަލަތަކަކީ އިންޑިއާގައި ބޮޑު މައްސަލައެކެވެ. އެގޮތުން 2022 ވަނަ އަހަރު އެކަނިވެސް، އެވަރެޖްކޮށް ދުވާލަކަށް 90 ރޭޕް ކޭސް ވަނީ ޕޮލިހަށް ހުށަހަޅާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.