Advertisement

ހެލިކޮޕްޓަރުގައި ބަލިމީހަކު މާލެ ގެނައުން ---

03 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާއިން ހަދިޔާކުރި ޑޯނިއާ ފްލައިޓާއި، ހެލިކޮޕްޓަރުތަކުގައި ބަލިމީހުން އުފުލުމާއި ގުޅޭ މައުލޫމާތު ހާމަކުރުން ހުއްޓާލައިފި

އިންޑިއާއިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައި އޮތް ޑޯނިއާ އަސްކަރީ މަތިންދާބޯޓާއި، ހެލިކޮޕްޓަރުތަކުގައި ކުރަމުން އައި މެޑިކަލް އިވަކުއޭޝަންގެ ދަތުރުތައް އަލުން ފަށާފައި ވީނަމަވެސް އެދަތުރުތަކާއި ގުޅޭ މައުލޫމާތު އާއްމުކުރުން އެމްއެންޑީއެފުން ހުއްޓާލައިފިއެވެ.

މިސަރުކާރު ވެރިކަމަށް އައުމަށްފަހުގައި، މެޑިކަލް އިވަކުއޭޝަންތަކުގައި ޑޯނިއާ މަތިންދާ ބޯޓާއި ހެލިކޮޕްޓަރުތައް ބޭނުން ކުރުން ހުއްޓާލުމަށްފަހު، އެއާ އެމްބިއުލާންސްގެ ގޮތުގައި މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓަކާއި، މޯލްޑިވިއަންގެ ސީޕްލޭނެއް ބޭނުން ކުރަންފެށިއެވެ. ޑިމާންޑް ނެތްކަމަށް ބުނެ އެއާ އެމްބިއުލާންސްގެ ގޮތުގައި ޚާއްޞަކުރި ސީޕްލޭން މިދިޔަމަހު ވަނީ ދަވާދު ބަދަލުކޮށް އާއްމު ދަތުރުތަކުގައި ބޭނުން ކުރަންފަށާފައެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައި އޮތް ޑޯނިއާ އަސްކަރީ މަތިންދާބޯޓާއި، ހެލިކޮޕްޓަރުތައް، ޞިއްޙީ ކުއްލި ހާލަތުގައި ކުރަންޖެހޭ ދަތުރުތަކުގައި އަލުން ބޭނުން ކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒު ހާމަކުރެއްވީ، މިއަހަރުގެ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ޞިއްޙީ ކުއްލި ހާލަތުގައި ކުރަންޖެހޭ ދަތުރުތަކުގައި،  ޑޯނިއާ އަސްކަރީ މަތިންދާބޯޓާއި، ހެލިކޮޕްޓަރުތައް ބޭނުންކުރާތާ އެއްމަސްދުވަސް ވެގެން ދިޔަ ނަމަވެސް، ކުރިން އާއްމުކުރަމުން އައި ގޮތަށް އެފަދަ ދަތުރުތަކުގެ މައުލޫމާތު އާއްމުކުރުން އެމްއެންޑީއެފުން ވަނީ ހުއްޓާލާފައެވެ. އަދި އެ މައުލޫމާތު އާއްމުކުރުން ހުއްޓާލި ސަބަބެއް އެމްއެންޑީއެފުން ބުނެފައެއް ނުވެއެެވެ.

އެންމެ ފަހުން، ޑޯނިއާ އަސްކަރީ މަތިންދާބޯޓާއި، ހެލިކޮޕްޓަރުގައި ކުރި ބަލިމީހުން އުފުލުމުގެ ދަތުރެއްގެ މައުލޫމާތު މީޑިއާއަށް އެމްއެންޑީއެފުން ހާމަކޮށްފައި ވަނީ، ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގައެވެ. އެއީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހެލިކޮޕްޓަރުގައި މީހަކު މާލެ ގެނައުމަށް ކުރި ދަތުރެވެ. ޑޯނިއާ ފްލައިޓްގައި ކުރި ދަތުރުތަކުގެ ތެރެއިން އެންމެ ފަހުން މައުލޫމާތު އާއްމުކޮށްފައި ވަނީ، 11 ސެޕްޓެމްބަރު 2023ގައި، ގދ. ތިނަދޫއިން 2 އަހަރުގެ ކުޑަކުއްޖަކު މާލެ ގެނައުމަށް ކާޑެއްދޫ އެއާޕޯޓުން މާލެއަށް ކުރި ދަތުރުގެ މައުލޫމާތެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ޑޯނިއާ އަސްކަރީ މަތިންދާބޯޓާއި، ހެލިކޮޕްޓަރުތައް ދުއްވައި އަދި އެއުޅަނދުތައް ބެލެހެއްޓުން މިހާރު ހަވާލުކޮށްފައި އޮތީ، އިންޑިއާގެ މަދަނީންގެ ތެރެއިން އިންޑިއާ އަސްކަރިއްޔާއިން ކަނޑައަޅާފައިވާ ބަޔަކަށެވެ.

ޑޯނިއާ އަސްކަރީ މަތިންދާބޯޓާއި، ހެލިކޮޕްޓަރުތަކުގައި ބަލިމީހުން އުފުލުމުގެ ދަތުރުތަކާއި ގުޅޭ މައުލޫމާތު އާއްމު ނުކުރި ނަމަވެސް ސީއެމްބިއުލާންސްތަކުގައި ބަލިމީހުން އުފުލުމަށް ކުރާ ދަތުރުތަކާއި ގުޅޭ މައުލޫމާތު އެމްއެންޑީއެފުން އާއްމުކުރަމުން ގެންގޮސްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.