Advertisement

އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެއަށްވަޑައިގެންނެވުން ---

09 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާގެ އެހީގައި އަތޮޅުތަކުގައި ކުރިޔަށް ގެންދިޔަ 6 މަޝްރޫއެއްގެ ނިމުން ފޮރިން މިނިސްޓްރީގައި ފާހަގަކޮށްފި

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އަތޮޅު ތެރޭގައި ކުރިޔަށް ގެންދިޔަ 6 މަޝްރޫއެއްގެ ނިމުން، މާލޭގައި ފޮރިން މިނިސްޓްރީގައި މިރޭ ފާހަގަކޮށްފިއެވެ.

މި މަޝްރޫޢުތަކަކީ،  އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މެންޓަލް ހެލްތު ޔުނިޓެއް ޤާއިމް ކުރުމުގެ މަޝްރޫޢާއި، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމް ކުރުމުގެ މަޝްރޫއާއި،  ހއ. އަތޮޅު ތައުލީމީ މަރުކަޒާއި، ތިނަދޫ ސިޓީ އަބޫބަކުރު ސްކޫލާއި،  ލ. އިހައްދޫ ސްކޫލްގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓެއް ޤާއިމްކުރުމުގެ ތިން މަޝްރޫޢާއި، ތ. ތިމަރަފުއްޓާއި، ތ. ވޭމަންޑޫ އަދި ގއ. ކޮނޑޭ މަގުބައްތި ހަރުކުރުމުގެ މަޝްރޫއެވެ. މިމަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި އެރަށްތަށުގެ ކައުންސިލްތަކާއި، ހޮސްޕިޓަލްތައް އަދި ސްކޫލުތަކުގެ ބޭފުޅުން އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އަތޮޅު ތެރޭގައި ކުރިޔަށް ގެންދިޔަ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާޓުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އަތޮޅު ތެރޭގައި ކުރިޔަށް ގެންދިޔަ މި މަޝްރޫޢުތަކަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފަށާފައިވާ މަޝްރޫޢުތަކެކެވެ.

މިރަސްމިއްޔާތުގައި ވަނީ، ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އިތުރު އެމްއޯޔޫތަކެއްގައިވެސް ސޮއެކޮށްފައެވެ. 

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި އިރު، އެމަނިކުފާނު ރާއްޖެއިން ފުރާވަޑައިގަންނަވާނީ އާދީއްތަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.