Advertisement

އަނަންތު އަމްބާނީ އާއި ރަދިކާ މާޗަންޓު ކައިވެނީގެ އަފްލާގައި

13 Jul 2024
މުނިފޫހިފިލުވުން

ހަތް މަހަށް ދެމިގެން ދިޔަ އުފާ ފާޅުކުރުންތަކަށްފަހު އަމްބާނީގެ ދަނބިދަރިއަކަށް ރަދިކާ ހަދައިފި

ހަތް މަސް ދުވަހުގެ މުއްދަތަށް ދެމިގެން ދިޔަ އުފާ ފާޅުކުރުންތަކަށްފަހު، އިންޑިއާގެ އެންމެ މުއްސަނދި މީހާގެ ފިރިހެން އަދި އެންމެ ހަގު ދަރި، އަނަންތު އަމްބާނީ އާއި، ފުޅާ ދާއިރާއެއްގައި އިންޑިއާގައި ބޭސްވެރިކަމުގެ ބާވަތްތަކުގެ ވިޔަފާރިކުރާ އާއިލާއަކުން އައި ރަދިކާ މާޗަންޓު، ހުކުރު ދުވަހު ކައިވެނިކޮށްފިއެވެ.

މި ކުލަގަދަ ކައިވެނީގެ ހަފްލާގައި ދުނިޔޭގެ މަޝްހޫރު އެތަކެއް ސިޔާސީ މީހުނާއި ތަރިންނެއް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ކިމް އަދި ކްލޮއެ ކާޑޭޝަން އާއި ނިކް ޖޯނަސް އަދި ޕްރިޔަންކާ ޗޯޕްރާ އާއި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއަރ އަދި ބޮރިސް ޖޯންސަންވެސް ހިމެނެއެވެ. މީގެ އިތުރުން އިންޑިއާގެ އެތަކެއް ފަންނާނުންނަކާއި، ސިޔާސީ ގިނަ ފަރާތްތަކެއް ވެސް ބައިވެރިވިއެވެ.

މުކޭޝް އަމްބާނީ އަކީ ދުނިޔޭގެ 10 ވަނައަށް އެންމެ މުއްސަނދި މީހާއެވެ. ފޯބްސް އިން ހާމަކުރާ ގޮތުގައި މުކޭޝްގެ ހަޒާނާގައި 122 ބިލިއަން ޑޮލަރު އެބަ ހުއްޓެވެ. އަނަންތު އަމްބާނީގެ ކާފަ ފެށި ވިޔަފާރި އެންމެ ފަހުން އިންޑިއާގެ އެންމެ ބޮޑު އަމިއްލަ ވިޔަފާރިއަށް ބަދަލުވެގެން ގޮސްފައިވާއިރު، މިހާރު މި ވިޔަފާރީގެ ވެރިޔަކީ މުކޭޝްއެވެ.

ކައިވެނީގެ ހަފްލާ ކުރިޔަށް ދަނީ މުމްބާއީގައި ހުންނަ އަމްބާނީގެ ޖިއޯ ވާރލްޑް ކޮންވެންޝަން ސެންޓަރުގައެވެ. މިއީ އެއްފަހަރާ 16،000 މީހުނަށް ބޭނުންކުރެވޭ އިމާރާތެކެވެ. އަދި މި ހަފްލާއާ ގުޅިގެން މި ހިސާބުގެ ގިނަ މަގުތަކެއް ފުލުހުން ވަނީ ބަންދުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.