Advertisement

ރައީސުލްޖުމްހޫރިއްޔާ ޑ. މުޙައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ --

05 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާގެ އާއްމު އިންތިޚާބުގައި ބީޖޭޕީން ހޯދި ކާމިޔާބަށް ރައީސާއި ނައިބު ރައީސް މަރްހަބާ ވިދާޅުވެއްޖެ

އިންޑިއާގެ ޢާންމު އިންތިޚާބު 2024ގައި ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ) އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެން.ޑީ.އޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ހަފްތާއަކަށް ދިގު ދެމިގެން ދިޔަ އިންޑިއާގެ އާއްމު އިންތިޚާބުގައި، މިހާރުވެރިކަން ކުރާ ބީޖޭޕީއަށް މެޖޯރިޓީއެއް ނުލިބުނެވެ. އެހެން ނަމަވެސް ބީޖޭއާއިން އެހެން ޕާޓީތަކާއި އެކު ހަދާފައިވާ އިއްތިހާދަށް ޕާލަމެންޓްގެ އަޣުލަބިއްޔަތު ލިބޭތީ ކޯލިޝަން ސަރުކާރެއް އެކުލަވާލައި، ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރެއް ފުރިހަމަ ކުރެއްވުމަށް، ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ފުރުޞަތު ލިބިވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓުގައި ތަރައްޤީއާ ހަމަޖެހުން ހޯދުމަށް އިންޑިއާ އާއި ދިވެހިރާައްޖެއާ ދެ ޤައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައި ވެއެވެ.

ބީޖޭޕީން ހޯދި ކާމިޔާބީއަށް ތަހުނިޔާ ދަންނަވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިނަް މުޙައްމަދު ލަޠީފް އެކްސްގައި ކުރެއްވި ޕޯސްޓްގައިވެސް ވިދާޅުވީ، ބީޖޭޕީ ސަރުކާރާއި އެކު އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ހިންގެވި ކެމްޕޭންތަކާއި، ޕީޕީއެމްއިން ހިންގި އިންޑިއާ އައުޓް ކެމްޕޭންގެ ސަބަބުން، އިންޑިއާއާއި ދިވެހިރާއްޖޭގެ ޚާރިޖީ ގުޅުމަށް ބުރޫއެރިއެވެ. އަދި މިސަރުކާރުގެ މިނިސްޓަރުންގެ ނައިބު ފެންވަރުގައި ތިއްބެވި ބޭފުޅުންތަކެއް އިންޑިއާގެ ބޮޑު ވަޒީރަށް ފުރައްސާރަ ކުރުމާއި ގުޅިގެން އިންޑިއާއިން ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓް ކުރުމުގެ ހަރަކާތްތައް ފެށިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.