Advertisement

އެސްޓީއޯ ކާޑު ގުދަން --

06 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އަސާސީ ކާބޯތަކެތީގެ ކޯޓާ އިންޑިއާއިން އިތުރުކޮށްދީފި

އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ކޯޓާ އިންޑިއާއިން އިތުރުކޮށް މުއްދަތު އިތުރުކޮށްދީފިއެވެ.

މިސަރުކާރުން އިންޑިއާ އާއި މެދު ނަފްރަތު އުފެއްދުމާއި އިންޑިއާ އާއި ދެކޮޅު ހަރަކާތްތައް ހިންގަމުން ދިޔަ ނަމަވެސް، ޒަމާނުއްސުރެ ދެ ޤައުމުގެ ދެމެދުގައި ޤާއިމް ކުރެވިފައިވާ އެއްބަސްވުންތަކުގެ ދަށުން، ރާއްޖެއިން ވަނީ، އަސާސީ ކާބޯތަކެތި ރާއްޖެއަށް އިމްޕޯޓު ކުރުމުގެ ކޯޓާ އާއި މުއްދަތު އިތުރުކޮށްދިނުމަށް އެދިފައެވެ.

އިންޑިއާ އެމްބަސީން ނެރެފައިވާ ބަޔާނުގައި ވަނީ، އަސާސީ ކާބޯތަކެއްޗާއި ހިލަޔާއި ހިލަވެލި، މިއަހަރާއި އަންނަ އަހަރުވެސް އިންޑިއާއިން ދިވެހިރާއްޖެއަށް އިމްޕޯޓް ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި ކުރީ އަހަރުތަކަށްވުރެ މިއަހަރު އެބާވަތްތަކުން ކޯޓާވެސް ވަނީ އިތުރުކޮށްދީފައެވެ.

މި ގޮތުން، ފިޔާ، ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް، މުގު އަދި ހިލަ އާއި ހިލަވެލި ރާއްޖެ އެތެރެކުރުމަށް ވަނީ ކޯޓާ އިތުރުކޮށްދީފައެވެ. މީގެ އިތުރުން އިންޑިއާއިން މިބާވަތްތައް ދިވެހިރާއްޖެއަށް ވިއްކަނީ، އާއްމު އެކްސްޕޯޓް ރޭޓަސް ވުރެ ހެޔޮ އަގެއްގައެވެ.

ކުރިޔަށް އޮތް ދެއަހަރު ރާއްޖެއަށް އިމްޕޯޓްކުރުމަށް އިންޑިއާއިން ދީފައިވާ ކޯޓާ؛

428 މިލިއަން ބިސް

21000 މެޓްރިކްޓަނުގެ އަލުވި

36000 މެޓްރިކްޓަނުގެ ފިޔާ

124000 މެޓްރިކްޓަނުގެ ހަނޑޫ

109000 މެޓްރިކް ޓަނުގެ ގޮދަން ފުށް

64000 މެޓްރިކްޓަނުގެ ހަކުރު

224 މެޓްރިކްޓަނުގެ މުގު

ދެމިލިއަން މެޓްރިކްޓަނުގެ ހިލަޔާއި ހިލަވެލި

ދިވެހިރާއްޖެއަށް އިންޑިއާއިން އަސާސީ ކާބޯތަކެތި އިމްޕޯޓްކުރުމަށް ދީފައިވާ ކޯޓާ އާއި މުއްދަތު އިތުރުކޮށްދިނުމާއި ގުޅިގެން ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ގެންދަނީ އިންޑިއާއަށް ޝުކުރު އަދާކުރަމުންނެވެ. މިސަރުކާރު ވެރިކަމަށް އައިސްފައި ވަނީ އިންޑިއާ އާއި މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކުރިޔަށް ގެންދިޔަ އިންޑިއާ ބޮއިކޮޓް ކުރުމުގެ ކެމްޕޭންތަކުގެ ތެރެއިން ކަމަށް ވާއިރު، މިސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އިންޑިއާއަށް ބަދު ބަސް ބުނުމާއި ގުޅިގެން ދެޤައުމުގެ ގުޅުން ގޯސްވެގެން ދިޔައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.