Advertisement

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ދަތުރުފުޅު ކުރައްވާ މަތިންދާބޯޓު --

06 Oct 2024
ޚަބަރު

ރައީސް އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާ އަސްކަރިއްޔާގެ މަތިންދާބޯޓެއްގައި

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގަންނަވަނީ އިންޑިއާ ސަރުކާރުން ފޮނުއްވި އެޤައުމުގެ އަސްކަރިއްޔާއިން ބޭނުންކުރާ މަތިންދާ ބޯޓެއްގައި ކަމުގައި އިންޑިއާ މީޑިއާތަކުން ބުނެފިއެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ރައީސުން އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުތަކުގައި ވަޑައިގެންނެވުމަށް މަތިންދާ ބޯޓުތައް ހަމަޖައްސަައި ދެއްވަނީ އެޤައުމުގެ ސަރުކާރުންނެވެ. އަދި އެ ފްލައިޓް ޖައްސާނީ، ދިއްލީގައިވާ ޕަލަމް އެއާބޭސްއަށެވެ. އެއީ ދިއްލީ އެއާޕޯޓާއި އެކުގައިވާ އެއާބޭސް އެކެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާކުރައްވާ މިދަތުރުފުޅާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ދިއްލީ ވަނީ، އިންޑިއާ އާއި ދިވެހިރާއްޖޭގެ ޤައުމީ ދިދައިން ޒީނަތްތެރިކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަށް އިންޑިއާގެ މީޑިއާއިންވެސް ޚާއްޞަ ސަމާލުކަމެއް ދީފައި ވާއިރު، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި އިންޑިއާއައުޓް ކެމްޕޭނުގެ ވާހަކަތައްވެސް އިންޑިއާގެ މީޑިއާތަކުން ވަނީ އައުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ވަޑައިގަންނަވާނީ، މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އިސްބޭފުޅުންނާއިއެކު މަތީފެންވަރުގެ މަޝްވަރާތައް ބާއްވާނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.