Advertisement

ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ---

06 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ދެޤައުމުގެ ގުޅުން ހީނަރުވި ނަމަވެސް އިންޑިއާއިން ރާއްޖެއަށް އެހީވާނެ

ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އިންޑިއާއިން އެހީވާނެކަމުގެ ޔަޤީންކަން އޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، އީމެއިލްގެ ޒަރީއާއިން ބީބީސީއަށް ދެއްވި އިންޓަރވިއުގައެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވި އިންޓަވިއުގެ މައްޗަށް ބީބީސީން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައި ވަނީ، ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް އިންޑިއާގެ އެހީ ހޯއްދެވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

ބީބީސީގެ ރިޕޯޓުގައި ވަނީ، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް 440 މިލިއަން ޑޮލަރަށް (334 މިލިއަން ޕައުންޑް) ދަށަށް ގޮސްފައިވާއިރު، މިއީ ދޮޅު މަހެއްހާ ދުވަހުގެ އިމްޕޯޓަށް އެކަށީގެންވާ މިންވަރުކަންވެސް ފާހަގަކޮށްފައެވެ. އަދި ރާއްޖެއޮތީ ބޭރުގެ ދަރަނި ބޮޑުވެ، އެދަރަނި ނުދެއްކޭ ޙާލަތަށް ދިޔުމުގެ މަގުމަތީގައިކަންވެސް ބީބީސީން ވަނީ ފާހަގަކޮށްފައެވެ.

ބީބީސީއަށް ދެއްވި ބަސްދީގަތުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިޔާއަކީ ރާއްޖޭގެ މާލީ ޙާލަތު ފުރިހަމައަށް އެނގޭނެ ޤައުމެއްކަމަށާއި، އަދި ތަރައްޤީގެ އެންމެ ބޮޑު ބައިވެރިޔާގެ ހައިސިއްޔަތުން، ރާއްޖޭގެ ބުރަތައް ލުއިކޮށްދީ، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ޤައުމެއް ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މިދަތުރުފުޅާއި ގުޅިގެން އިންޑިއާގެ މީޑިއާތަކުގައިވެސް ފާޑުކިޔުންތައް އަމާޒުކޮށްފައި ވަނީ، ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވި އިންޑިއާ އައުޓް ކެމްޕޭނާއި ގުޅިގެންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.