Advertisement

އެމްޑީޕީގެ ރައީސާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ބައްދަލުކުރެއްވުން --

11 Aug 2024
ޚަބަރު

އިންޑިއާގެ ފޮރިން މިނިސްޓަރ އެމްޑީޕީގެ ރައީސާއި ބައްދަލުކުރައްވައިފި

އިންޑިއާގެ ފޮރިން މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުފަހުގައި އެމްޑިޕީގެ ރައީސް ޢަަބުދުﷲ ޝާހިދު އާއްމު ކުރެއްވި ބަޔާނުގައި، ރާއްޖެއަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި އެންމެ ގާތުން އެހީވާ ޤައުމަކީ އިންޑިއާކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. 

ދެބޭފުޅުންގެ މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ، ރާއްޖެއާ އިންޑިއާގެ ގުޅުން ކުރިއަށް އޮތްތަނުގައި ބަދަހިކޮށް ކުރިއެރުވޭނެ ގޮތްތަކާއި ގުޅޭ ގޮތުން ކަމުގައިވެސް ދެބޭފުޅުންގެ ފަރާތްޕުޅުން ނެރުއްވާފައިވާ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދުގެ ބަޔާނުގައި، މިސަރުކާރުން ވެރިކަމަށް އައުމަށް ހިންގި އިންޑިއާއި ދެކޮޅު ހަރަކާތްތަކާއި އަދި ވެރިކަމުގެ ފުރަތަމަކޮޅު އިންޑިއާއިން ރާއްޖެއަށް ބުލީ ކުރާކަމަށް ދެއްކެވި ވާހަކަތަކުގެ ސަބަބުން، ބައިނަލް އަޤުވާމީ މުޖުތަމަޢުގައި ރާއްޖޭގެ ނަން ކިލަނބުވެ، އިޤުތިޞާދީ ގޮތުންނާއި، އެނޫން ގޮތް ގޮތުންވެސް ރާއްޖެއަށް ގެއްލުންތަކާއި ކުރިމަތިލާން ޖެހުނުކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އިންޑިއާ އައުޓް ސިޔާސަތު ރައީސް މުއިއްޒުގެ ސަރުކާރުން ބަދަލުކޮށްފައިވާތީ އެކަމަށް މަރުޚަބާ ވިދާޅުވާކަމުގައިވެސް އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު އާއްމު ކުރެއްވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.