Advertisement

އެޗްޑީސީން ކުރިޔަށް ގެންދިޔަ ބްލަޑް ކޭމްޕެއްގައި މީހަކު ލޭ ހަދިޔާ ކުރަނީ -- ފޮޓޯ: މޯލްޑިވްސް ތެލަސީމިއާ ސޮސައިޓީ

14 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގެ 5 ސަރަހައްދެއްގައި ބްލަޑް ބޭންކް ޤާއިމްކުރުމަށް ދަނީ މަސައްކަތް ކުރެވެމުން - ހެލްތު

ރާއްޖޭގެ 5 ސަރަހައްދެއްގައި ބްލަޑް ބޭންކް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި މިނިސްޓްރީ ހެލްތުން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާއި ގުޅުވައިގެން އާއްމު ކުރި ބަޔާނުގައެވެ. އެމިނިސްޓްރީން ވިދާޅުވީ، ހދ. ކުޅުދުއްފުއްްޓާއި އަދި ރ. އުނގޫފާރުގައި މިއަހަރުގެ ތެރޭގައި ބްލަޑް ބޭންކް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވީ، ދިވެހިރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ޕޭޝަންޓުން ގިނަ ގައުމަކަށްވާއިރު، ދިވެހިރާއްޖޭގައި ލޭ ބޭނުންވާ މިންވަރުވެސް އެހެން ގައުމުތަކާއި އަޅާބަލާއިރު އިތުރުކަމަށެވެ. އަދި ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ލޭގެ ގާތްގަޑަކަށް 70 އިންސައްތަ ބޭނުންކުރެވެނީ ތެލެސީމިއާ ޕޭޝަންޓުންނަށް ކަމުގައިވެސް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

އެމިނިސްޓްރީން ވިދާޅުވީ، މިއަހަރަކީ މޯލްޑިވައަން ބްލަޑް ސަރވިސަސްގައި ނެގޭ ބްލަޑް އިތުރު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވި އަހަރަކަށްވުމާއެކު އަދި ޚާއްސަކޮށް ލޭ އިތުރުކުރުމަށް ހިންގޭ ހަރަކާތް އިތުރުކުރުމަށް ކެބިނެޓުން ފާސްކޮށްފައިވާތީ، އެ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވިފައިވާ ކަމަށެވެ.

މިއަހަރު ބައިނަލް އަޤުވާމީ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ޝިއާރަކީ: “Share life Give blood”އެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ، ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހަކީ، ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަހެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.