Advertisement

05 Dec 2023
ލައިފްސްޓައިލް
ނޫން

އަނގައިން ނުބައި ވަސް ދުވާނަމަ އެކަން ހައްލުކުރާނީ ކިހިނެއް؟

އަނގައިން ނުބައި ވަސް ދުވުން، ނުވަތަ ނޭވާލާއިރު ނުބައި ވަސް ހުރުމަކީ ބައެއް ފަހަރު އަޅުގަނޑުމެންނާ ކުރިމަތިވާ ސިއްހީ މައްސަލައެކެވެ. ގިނަ މީހުންނަށް މިއީ އާންމު ކަމަކަށް ނުވިނަމަވެސް، އަބަދުހެން އަނގައިން ނުބައި ވަސްދުވާ މީހުން ވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅެއެވެ. މިކަމުގައި އޮތް އެންމެ ބޮޑު ލަދުވެތިކަމަކީ، ބައެއް މީހުންނަށް އެކަން އަމިއްލައަށް ދެނެނުގަނެވުމެވެ. ނޫންނަމަ، އެހެން މީހުން އެވާހަކަ ނުދައްކާތީ އެކަން އެހެން މީހުންނަށް ނޭންގޭނެކަމަށް ބަލައި، އެ މައްސަލައަށް ހައްލެއް ހޯދުމަށް މާ ބޮޑު ސަމާލުކަމެއް ނުދެވުމެވެ

މައްސަލައިގެ އަނެއް ކޮޅަށް ބަލާލާއިރު، މިފަދަ ސިއްހީ މައްސަލައެއް ދިމާވެފައިވާ މީހަކަށް، އޭނާއަށް އެކަން އަމިއްލައަށް ދެނެގަނެވިފައިވޭތޯ ޔަގީންކުރުމުގެ ގޮތުން ސުވާލު ކުރުމަކީ، ކައިރީގައި އުޅޭ އެކުވެރިންނަށް ވެސް ގިނަ ފަހަރު ފަސްޖެހެވޭ ކަމެކެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން، މި ވާހަކަ ހިއްސާ ކުރަން ޖެހޭ މީހާއާއި ހިއްސާ ނުކޮށް، އެހެން މީހުންގެ ކައިރީގައި މިވާހަކަ ދެއްކުމުން، އެ މީހަކަށް އިތުރު ލަދުވެތިކަމަކާ ކުރިމަތިލާން ޖެހިދާނެތީއެވެ.  

އަނގައިން ނުބައިވަސް ދުވުމުގެ ސަބަބުތަކަކީ ކޮބާ؟

މިކަމާ ގުޅޭ ގޮތުން ހާވަޑް މެޑިކަލް ސްކޫލުން ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ބުނާގޮތުން، މި ވަސް އުފެދެނީ ހަމައެކަނި އަނގައިގެ އެތެރެއަކުން ނޫނެވެ. އަނގައިގެ ބޭރުން މި ވަސް އުފެދުމުގެ ފުރުސަތު ވެސް އޮވެއެވެ. އެގޮތުން މި ވަސް އުފެދޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ދަތްޕިލައިގައި އުފެދޭ ބެކްޓީރިއާ އާއި ދުލުގެ ހަރުލާފައި ހުންނަ ކާއެއްޗެހި ހިމެނެއެވެ. އެހެންކަމުން، މި މައްސަލަ ގުޅިފައިވަނީ އަނގައިގެ ސާފުތާހިރުކަމާއި، ހިރުގަނޑަށްޖެހޭ ބަލިތަކަށާއި، އަނގަ ތެތްކޮށް ބެހެއްޓުމަށް ބޭނުންވާ މިންވަރަށް ކުޅު ނުއުފެއްދި، އަނގަތެރެ ހިކުމާއެވެ. އެހެންކަމުން މިފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ އެންމެ ރަގަޅު ގޮތަކީ ވީއެންމެ އަވަހަކަށް ދަތުގެ ނުވަތަ އެތެރެ ހަށީގެ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމެވެ.

މި ސަބަބުތަކުގެ އިތުރުން، މި މައްސަލަ ކުރިމަތިވެދާނެ އިތުރު ހާލަތްތަކެއް ވެސް ހުރެއެވެ. އެއީ މެޔާއި ކިޑްނީއަށް ޖެހޭ ބޮޑެތި ބަލިތަކުގެ ސަބަބުންނާއި، ހަކުރު ބަލި ކޮންޓްރޯލްނުވެ އެ ބަލި ބޮޑުވުމުގެ ސަބަބުންވެސް އަނގައިން ނުބައިވަސް ދުވައިފާނެއެވެ. މިފަދަ ހާލަތްތަކުގައި ބަލީގެ އިތުރު އަލާމާތްތައްވެސް ފެންނާނެއެވެ

އަނގައިން ނުބައިވަސް ދުވުމުގެ މައްސަލަ ހައްލުކުރާނީ ކިހިނެއް؟

އަނގައިން ނުބައިވަސް ދުވުމުގެ މައްސަލަ ދިމާވާ އެއް ސަބަބަކީ އަނގައިގެ ސާފުތާހިރުކަން ނެތުމުންކަމަށް ވުމުން، މިކަން ހައްލު ކުރުމަށް އަމިއްލައަށް ކުރެވޭނެ ބައިވަރު ކަންކަން ހުރެއެވެ. އެގޮތުން ގޭގައި ކުރެވޭނެ ބައެއް ކަންކަން ހިއްސާކޮށްލާނަމަވެ.

1.     ދުވާލަކު މަދުވެގެން ދެ ފަހަރު، އަދި ކޮންމެ ކެއުމަކަށް ފަހު ދަތް އުނގުޅުން.

2.     ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުން.

3.     އަނގަ ދޮވުމަށް ޙާއްސަ ފެނެއް (މައުތު ވޮޝް) ބޭނުންކޮށްގެން، ނިދުމުގެކުރިން އަނގަދޮވުން.

4.     އަނގަ ހިކޭނަމަ ގިނައިން ފެނާއި ދިޔައިތަކެތި ބުއިމަށް އާދަކުރުން. ނުވަތަ އަނގަ ހިކުމުން ރައްކާތެރިކޮށްދޭ ސްޕްރޭ، ޖެލް ނުވަތަ ފެންފަދަތަކެތި ބޭނުންކުރުން. މިގޮތަށް ހައްލެއް ނުލިބިއްޖެނަމަ، ޑޮކްޓަރަކާ މަޝްވަރާކޮށް ޑޮކްޓަރީ ބޭހަށް ދިއުން އެދެވިގެންވޭ.

5.     ދަތުގެ މައްސަލަ ހުންނަނަމަ، ދަތުގެ ޑޮކްޓަރަށް ގަވާއިދުން ދެއްކުން. ދަތުގެ މައްސަލަތަކަކީ އަނގައިން ނުބައި ވަސް ދުވުމުގެ އެންމެ އާންމު ސަބަބު.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.