Advertisement

"ނޫން" ގެ ހާއްސަ ޕްރޮގްރާމް، "ކޮފީ ވިތު ސުލޭމާނު" ގައި ޑރ. މުޙައްމަދު ޝިފާން --

14 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ކެންސަރު ބަލި ޖައްސާ އެންމެ ނުރައްކާތެރި މާއްދާ އެކުލެވެނީ ފޯކުގައި: ޑރ. ޝިފާން

ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އާދަވެ ދުފުމަށް ބޭނުންކުރާ ފޯކުގެ ދިޔައިގައި ހުންނަ އެއް މާއްދާއަކީ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ކެންސަރުޖެހޭ މާއްދާތައް ކަނޑައަޅާފައިވާ ލިސްޓުގެ އެންމެ ކުރީގައި އޮންނަ މާއްދާއެއް ކަމަށް، ކެންސަރު ބައްޔަށް ހާއްސަ ޑޮކްޓަރ މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ. ޑރ. ޝިފާން މިހެން ވިދާޅުވީ، "ނޫން" ގެ ހާއްސަ ޕްރޮގްރާމް، "ކޮފީ ވިތު ސުލޭމާނު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. ޝިފާން ވިދާޅުވީ، އެ މާއްދާއަކީ 2004 ވަނަ އަހަރުން ފެށިގެން ޑަބްލިޔުއެޗްއޯގެ ކެންސަރުޖެހޭ މާއްދާތައް ކަނޑައަޅާފައިވާ ލިސްޓުގައި ބަދަލެއްނައިސް، މިއަދާ ހަމައަށް އޮތް އެއްޗެއް ކަމަށެވެ. އެހެންކަމުން އެއީ އާދަޔަކަށް ހަދައިގެން ބޭނުންކުރާ ވަރަށް ވުރެން މާ ނުރައްކާތެރި އެއްޗެއް ކަމަށް، ޑރ. ޝިފާން ވަނީ ވިދާޅުވެފައެވެ.

"އާންމުކޮށް ބޭނުންކުރާ ފޯކުގެ ދިޔައިގަ މި ހުންނަނީ ރެކޭން، އޭތި އެރަކޯލިންއަށް މި ބަދަލުވަނީ. އެއީ ޑަބްލިޔުއެޗްއޯގެ ލިސްޓުގައި އިންސާނުންނަށް ކަނޑައެޅިގެން ކެންސަރު ޖައްސައިދޭ ލިސްޓުގެ އެންމެ މަތީގައި އިންނަ އެއްޗެއް. (އެއީ) 2004 ވަނަ އަހަރުން ފަށައިގެން ބަދަލުނުވެ އެތާ އިންނަ އެއްޗެއް. އެހާވެސް ނުރައްކާ އެއްޗެއް."

ފޯކުގެ ނުރައްކާތެރިކަން އޮޅުންފިލުވާ ދެއްވަމުން ޑރ. ޝިފާން ވިދާޅުވިއެވެ.

މި ކަމުގައި އޮތް ހިތާމައަކީ، ފޯކަކީ ނުރައްކާތެރި އެއްޗެއްކަން އެނގިތިބެ ވެސް، ގިނަ ބަޔަކު މި ތަކެތި އިންތިހާއަށް ބޭނުން ކުރަމުން ދިއުމެވެ. އަދި ފޯކުގެ އިތުރުން، ތަފާތު ކެމިކަލްތައް ބޭނުންކޮށްގެން އުފައްދާ ސުޕާރީއަކީ ވެސް، ކެންސަރު ޖެހުމަށް މަގުފަހިވާނެ އެއްޗެއްކަމަށް ޑރ. ޝިފާން ވަނީ ވިދާޅުވެފައެވެ.

އިންސާނުންނަށް އާދަވެފައި ހުންނަ ކަންކަން ހުއްޓާލުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިފަދަ ކަންކަމުގައި އެންމެ ރަގަޅު އެއް ފޮމިއުލާއަކީ، އޭގެ "ރިޕްލޭސްމެންޓެއް" ނުވަތަ ބަދަލުގައި ބޭނުން ކުރާނެ އެފަދަ އެހެން އެއްޗެއް ހޯދުމެވެ. ނަމަވެސް އެއީ ހަށިގަނޑަށް ގެއްލުންދޭ އެއްޗަކަށް ވެގެން ނުވާނެއެވެ.

ފޯއް ދުފުމުގެ އާދައަކީ ވެސް ހުއްޓާލަން އުނދަގޫ ކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ތިބީ އެކަން ބޭނުންވި ނަމަވެސް، އެކަން ހުއްޓާނުލެވިފައެވެ. އެގޮތުން މި ކަމުން ސަލާމަތްވުމަށް، ބަދަލުގައި އެހެން އެއްޗެއް ބޭނުން ކުރެވިދާނެއެވެ. ފޯކުގެ ބަދަލުގައި ބޭނުން ކުރެވިދާނެ ބައެއް ތަކެއްޗަށް އަލިއަޅުވާލަމުން ޑރ. ޝިފާން ވިދާޅުވީ، ކާފޫރުތޮޅި، ފޮނިތޮށި އަދި ކަރަންފޫ ފަދަ ތަކެއްޗަކީ ދުފުން ހުއްޓާލުމަށް ބޭނުން ކުރެވިދާނެ ބައެއް ތަކެތި ކަމަށެވެ.

ފޯކެކޭ އެއްގޮތަށް، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވެސް ހަށިގަނޑަށް ވަރަށް ބޮޑަށް ގެއްލުންވެ ކެންސަރު ޖައްސާނެ އަމަލެއްކަން ޑރ. ޝިފާން ފާހަގަ ކުރެއްވެވިއެވެ. މީގެ އިތުރުން، ކެއުމަށް ބޭނުންކުރާ ހަކުރު ގިނައިން ބޭނުން ކުރުމަކީ ވެސް ހަށިގަނޑަށް ގެއްލުން ހުރި ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން، ކަސްރަތު ކުރުމުގެ އާދަ އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެގެން އަންނަ އިރު، ހަށިގަނޑަށް ގެއްލުންދޭ ތަކެއްޗާ ދުރަށް ދިއުމުގެ އާދައަކީ ވެސް އަޅުގަނޑުމެން އަށަގަންނަން މަސައްކަތް ކުރަންޖެހޭ އާދައެކެވެ. އަދި މިފަދަ ތަކެތި ބޭނުން ކުރުން ހުއްޓާލުމަކީ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމަކަށް ވީހިނދު، މި ކަންކަމަށް ސަމާލުވުމަށް ޑރ. ޝިފާން ވަނީ ވިދާޅުވެފައެވެ. ނޫންނަމަ، އަޅުގަނޑުމެންނަށް ވިސްނޭނީ ވަގުތު ފާއިތުވާ ފަހުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.