Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

04 Dec 2023
ޚަބަރު
ނޫން

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިންގާ ބޯޑަށް މެންބަރުން އައްޔަންކޮށްފި

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިންގާ ބޯޑުގެ ނަން ބަދަލުކޮށް، އަލުން އެކުލަވާލައިފިއެވެ.

މި ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި ހިމެނޭ ހޮސްޕިޓަލްތައް ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލްގެ ހިންގުން ހަރުދަނާކުރަން އުފައްދާފައިވާ ބޯޑު ގެ ނަން، "މާލެ ހޮސްޕިޓަލްސް ބޯޑު އޮފް ޓްރަސްޓީސް" އިން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑު"ގެ ނަމަށް ބަދަލުކޮށްފައެވެ. އަދި އެ ބޯޑުވެސް މިހާރު ވަނީ އަލުން އެކުލަވާލާފައެވެ. 

މި ބޯޑުގައި 9 މެންބަރުން ތިއްބަވައެވެ. ބޯޑަށް އައްުޔަންކޮށްފައިވާ ބޭފުޅުން:

ޗެއާމަން: އެތެރެ ހަށީގެ ޑޮކްޓަރު ޑރ. އަބްދުލް އަޒީޒް ޔޫސުފް

ވައިސް ޗެއާޕާސަން: ގދ. ތިނަދޫ، ކުންނާރުގެ، ހުސެއިން ހަލީމް

ސިއްހީ ދާއިރާގެ ފަންނީ ތަޖުރިބާކާރެއް: ހ. އޮށްކަފަގެ، ޝަރީފާ އާދަމް މަނިކު

ޕްރައިމަރީ ހެލްތު ކެއާގެ ތަޖުރިބާކާރެއް: ނޯތުވޭ، ޅ. ހިންނަވަރު، ނަޔާޒު އަހުމަދު

ސިއްހީ ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރު: މެއި. ވެނީލާގެ، ޑރ. އިބްރާހިމް ޔާސިރު އަހުމަދު

ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިކާބާރެއް: އޭޑީރީޑް، ސ. ފޭދޫ، ޑރ. މަރިޔަމް ޖެނީފާ

ނާސިން ދާއިރާގެ ތަޖުރިބާކާރެއް: ދަފްތަރު، 13524، ފާތިމަތު އާފިޔާ ވަހީދު

ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް: ރިހާޞު، އދ. މަހިބަދޫ، މޫސާ ކަލީމް ގާސިމް

ވިލިމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް: އއ. ފެރިދޫ، ސިޔާމާ މަންޒިލް، އާލިމް ޝަކީލް

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.