Advertisement

ޑރ. ޝިފާން "ކޮފީ ވިތު ސުލޭމާނު" ޕްރޮގްރާމުގައި ---

18 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ކެންސަރުގެ ގިނަ ފަރުވާތަކެއް މިހާރު ރާއްޖެއިން ދެވޭ: ޑރ. ޝިފާން

ކެންސަރު ބަލީގެ ގިނަ ފަރުވާތަކެއް މިހާރު ރާއްޖެއިން ދެވޭކަމަށް، ކެންސަރު ބަލީގެ ފަރުވާއަށް ހާއްސަ ޑޮކްޓަރ މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ. ޑރ. ޝިފާން މިހެން ވިދާޅުވީ، "ނޫން" ގެ ހާއްސަ ޕްރޮގްރާމް، "ކޮފީ ވިތު ސުލޭމާނު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ކެންސަރު ބައްޔަށް ރާއްޖެއިން ދެވޭ ފަރުވާތައް ކިޔައިދެއްވަމުން ޑރ. ޝިފާން މިސާލު ޖެއްސެވީ އުރަމައްޗަށް ޖެހޭ ކެންސަރުންނެވެ. އެގޮތުން، އޮޕަރޭޝަން ކޮށްގެން ކެންސަރު ބަލީގެ ސެލްތައް ހަށިގަނޑުން ނެގުމާ، އަދި އެ އޮޕަރޭޝަނަށްފަހު އެ އޮޕަރޭޓު ކުރެވުނު ތަން އަލުން ހެދުން ހިމެނެއެވެ.

"(ކެންސަރު ބަލިޖެހުނީ) މިސާލަކަށް އުރަމަތި ނަމަ އޮޕަރޭޝަންކޮށްފަ ނެގުން، ނޫނިއްޔާމު ރީކޮންސްޓްރަކްޝަން ހަދާފަ، ނަގާފަ، އެބައި އަލުން ހެދުން. މިކަހަލަ ކަންތައްތައް ވެސް ރާއްޖެއިން ކުރެވޭނެ."

"ނޫން" ގެ ހާއްސަ ޕްރޮގްރާމް، "ކޮފީ ވިތު ސުލޭމާނު" ގައި ވާހަކަފުޅު ދައްކަވަމުން ކެންސަރު ބަލީގެ ފަރުވާއަށް ހާއްސަ ޑރ. މުޙައްމަދު ޝިފާން ވިދާޅުވިއެވެ.

ނަމަވެސް، ކެންސަރުޖެހޭ ތަނަށް ރޭޑިއޭޝަން ދިނުމަކީ އަދި ރާއްޖޭގައި ނުކުރެވޭ ކަމެއް ކަމަށް ޑރ. ޝިފާން ވިދާޅުވިއެވެ. ކެންސަރުގެ ފަރުވާގައި ރޭޑިއޭޝަން ދެނީ، ކެންސަރު ސެލްތައް އޮޕަރޭޓުކޮށްގެން ނެގުމަށްފަހު އެ ސެލްތައް އިތުރަށް އުފެދުނަ ނުދީ، އެ ސެލްތައް މަރާލުމަށެވެ.

ރާއްޖޭގައި ކެންސަރަށް ދެވޭ އިތުރު ފަރުވާތައް ކިޔައިދެއްވަމުން ޑރ. ޝިފާން ވިދާޅުވީ، އޮޕަރޭޝަން ކޮށްގެން ނަގާ ބައިތައް ތަހުލީލުކޮށް، އެ ތަހުލީލުތަކުގެ ރިޕޯޓުތަކަށް ބަލައި އިތުރު ފަރުވާތައް ވެސް މިހާރު ރާއްޖެއިން ދެވެއެވެ. އެގޮތުން މި ފަރުވާތަކުގައި އިތުރަށް ތަރައްގީ ކުރަންޖެހޭ ކަންކަން ހުރި ނަމަވެސް، ރާއްޖެއިން ދެވޭ ފަރުވާތަކުގެ ތެރޭގައި ކީމޯ ތެރަޕީ އާއި ހޯމޯން ތެރަޕީ އާއި އިމިއުނޯ ތެރަޕީ ދިނުން ހިމެނެއެވެ.

"ނަގާބައި ޓެސްޓުކޮށްފަ، ތަހުލީލުކޮށްފައި އޭގެން ނަތީޖާ އަންނަ ގޮތުން ދޭންޖެހޭ އިތުރު ފަރުވާތައް، މިސާލަކަށް ކީމޯ ތެރަޕީ ދޭން ޖެހުން، އެހެން ނުނިއްޔާމު އިމިއުނޯ ތެރަޕީ ދޭން ޖެހުން، ނޫނިއްޔާ ހޯމޯން ތެރަޕީ ދޭންޖެހިއްޖެކަމަށް ވަންޏާމު، އެ ކަންކަން ދެނެގަނެވޭނެ ވަސީލަތްތައް ރާއްޖޭގައި އެބަހުރި. (ނަމަވެސް) އަދި ވެސް ތަރައްގީ ކުރަންޖެހޭ ކަންކަން އެބަހުރި."

ކެންސަރު ބައްޔަށް ދެވޭ އިތުރު ފަރުވާތައް ކިޔައިދެއްވަމުން ޑރ. މުޙައްމަދު ޝިފާން ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، ކެންސަރު ބަލީގެ ފަރުވާތައް ރާއްޖޭގައި ފަށައިގަތް އިރު ލިބެން ނެތް ބޭސްތައް، ދަތިކޮށް ނަމަވެސް މިހާރު ލިބެން ހުންނަ ކަމަށް ޑރ. ޝިފާން ވަނީ ވިދާޅުވެފައެވެ.

ކެންސަރު ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމަށް އަލިއަޅުވާލައްވަމުން ޑރ. ޝިފާން ވިދާޅުވީ، ކެންސަރު ބައްޔަކީ އާދައިގެ ބައްޔެއް ނޫންކަމެވެ. އެއީ އެ ބަލީގައި ޖިސްމާނީ ގޮތުން ހަށިގަނޑަށް ލިބޭ ނިކަމެތިކަމުގެ އިތުރުން، ނަފްސާނީ ގޮތުން ބަލިމީހާ އަށާއި ބަލިމީހާގެ އާއިލާއަށް ލިބޭ ގެއްލުން ބޮޑުކަމުންނެވެ. އެހެންކަމުން އެ ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން، ބަލީގެ އަލާމާތްތައް ދެނެގަނެ، ސްކްރީން ކުރެވޭ ބާވަތްތަކުގެ ކެންސަރަށް ސްކްރީންކޮށް، ބަލި ކުރިން ދެނެގަންނަން މަސައްކަތް ކުރުމަށް ޑރ. ޝިފާން ވަނީ ގޮވާލައްވާފައެވެ.

ޑރ. ޝިފާންގެ ހިދުމަތުގެ މުއްދަތުގައި މިހާތަނަށް އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވަނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ސާޖަރީ ޑިޕާޓުމެންޓުގައެވެ. އެ ޑިޕާޓުމެންޓުގެ އެކި ހަރުފަތްތަކުގައި މަސައްކަތް ކުރައްވަމުން ގޮސް، ޑރ. ޝިފާންވަނީ އެ ޑިޕާޓްމެންޓާއި ހަވާލުވެގެން ވެސް މަސައްކަތް ކުރައްވާފައެވެ. އަދި އޭގެ ފަހުން ކެންސަރުގެ ފަރުވާއަށް ހާއްސަ ޑިޕާޓްމެންޓެއް އައިޖީއެމްއެޗްގައި އުފެއްދި ފަހުން މަސައްކަތް ކުރައްވަމުން އަންނަވަނީ އެ ޑިޕާޓްމެންޓުގައެވެ.

މުޅި އެޕިސޯޑު ބައްލަވާ ލެއްވުމަށް ތިރީގައިވާ ލިންކަށް ޒިޔާރަތްކުރައްވާ!

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.