Advertisement

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސާޖަރީ ހަދަން ފެށުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތު، ފޮޓޯ: ޕީއެސްއެމް

09 Aug 2024
ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސާޖަރީ ހަދަން ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސާޖަރީ ހަދަން ފަށައިފިއެވެ. މިއީ މާލެ ފިޔަވާ އިތުރު ރަށެގައި މި ފަރުވާ ފެށި ފުރަތަމަ ފަހަރެވެ.

މި ހިދުމަތާއެކު، އަލިފާނުގެ ޙާދިސާތަކުގައި ސިފަ ގެއްލޭވަރަށް ފިހުމުންނާއި، އެނޫންވެސް އަނިޔާތަކުގައި ލިބޭ އަނިޔާތަކުގެ ސަބަބުން ނުފިލާ ހުންނަ ލަކުނުތަކާއި ފާރުގަނޑުތައް ރަނގަޅުކުރުމުގެ ފަރުވާ ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލުން ދޭން ފެށުނީއެވެ.

މި ޚިދުމަތް އެ ހޮސްޕިޓަލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާއި ގުޅިގެންނެވެ. އެގޮތުން، ޚިދުމަތް ދެއްވުމުގައި އެ ހޮސްޕިޓަލުގައި އިސްކޮށް އުޅުއްވާނީ އައިޖީއެމްއެޗްގެ އެކްޓިންގ މެޑިކަލް ޑިރެކްޓަރ، ޑިޕާޓްމެންޓް އޮފް ސާޖަރީގެ ހެޑް އަދި ޕްލާސްޓިކް ސާޖަރީގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ޑރ. މުޙައްމަދު ވަޙީދުކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދެއްވާފައެވެ. ޑރ. ވަޙީދު ވަނީ އެ ހޮސްޕިޓަލަށް ވޫންޑް ކެއަރ އަދި ލެޕްރޮސްކޯޕިކް ސަރޖަރީ ތަޢާރަފު ކުރެއްވުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސާޖަރީ ހަދަން ފެށުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބުދުއް ރައްޒާޤް ޙަލީމް އާއި އައިޖީއެމްއެޗް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ވަޙީދު ވިދާޅުވީ، ޕްލާސްޓިކް ސަރޖަރީއަކީ ހަމައެކަނި ރީތިވުމަށް ކުރާ ސަރޖަރީއެއް ނޫންކަމަށާއި، އެއީ ނުރައްކާތެރި އެކި ޙާދިސާތަކުގައި ލިބޭ އަނިޔާތަކާއި، ހާނީއްކަ ތަކުގައި ހަށިގަނޑުން ބައެއް މަދުވުމުން މަސް އަރުވައި ހަންގަނޑު އެރުވުމަށް ވެސް ކުރާ ސަރޖަރީތަކެއް ކަމަށެވެ. މީގެއިތުރުން ރަނގަޅުނުވެ ދުވަސްވެފައި ހުންނަ ފާރުގަނޑުތައް ރަނގަޅުކުރުމަށްވެސް އެފަދަ ސަރޖަރީތައް ކުރާކަން ޑރ. ވަޙީދު ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފެށިގެންދިޔުމާއެކު މިފަދަ ފަރުވާ ބޭނުންވާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ. އެހޮސްޕިޓަލުން ބުނީ މިވަގުތު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައވަނީ އައުޓްރީޗް ޕްރޮގްރާމެއްގެ ގޮތުގައިކަމަށެވެ. އެހެންނަމަވެސް ދެމެހެއްޓެނިވިގޮތުގައި ޚިދުމަތްދިނުމަށް އެދާއިރާ ފުޅާކުރުމުގެ މަސައްކަތްކުރަމުންދާނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.