Advertisement

މެޑަމް ފަޒުނާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ސްކްރީންޝޮޓުތަކުގައި ހިމެނޭ ފޮޓޮއެއް---

07 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ނަފްސާނީ އެހީތެރިކަމަށް ބޭނުންވާކަމަށް ބެލެވޭ ކުއްޖަކު މެޑަމް ފަޒުނާގެ ސަމާލުކަމަށް

ނަފްސާނީ އެހީތެރިކަމަށް ބޭނުންވާކަމަށް ބެލެވޭ ކުއްޖަކު، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހުގެ އަނބިކަނބަލުން، ފަޒުނާ އަހުމަދުގެ ސަމާލުކަމަށް އައިސް، އެ ކުއްޖާއަށް އެހީތެރިވެދިނުމަށް ގޮވާލައްވައިފިއެވެ. ފަޒުނާ މިހެން ގޮވާލައްވާފައިވަނީ ސޯސަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ފޭސްބުކްގައެވެ.

މިކަމަށް ގޮވާލައްވައި ފަޒުނާ ރޭ ހިއްސާކޮށްފައިވާ ސްކްރީންޝޮޓުތަކުން ފެންނަނީ، އެ ކުއްޖާގެ ފޭސްބުކް ފްޕޮފައިލްއަށް ލާފައިވާ ފޮޓޯ އަކާއި، އަދި އެކުއްޖާ ފޭސްބުކްގައި ކޮށްފައިވާ ފޮޓޯ ޕޯސްޓެކެވެ. އަދި އެ ކުއްޖާ ފޭސް ބުކްގައި ބޭނުންކޮށްފައިވާ ނަމަކީ "ކެލާ ހުސުފަޔާދުވާ ސާއިދު" މިހެނެވެ.

އެ ކުއްޖާގެ ފޭސްބުކް ޕްރޮފައިލުން ފެންނަނީ ކަޅާ ހުދުން ކުރަހާފައިވާ މަންޒަރެކެވެ. އެ މަންޒަރުން ފެންނަ ކުއްޖާގެ ބޮލުގެ ބަދަލުގައި ވަނީ އަނދިރި ގަނޑެކެވެ. މިފަދަ ކުރެހުން ބޭނުންކުރަނީ ނަފްސާނީ ގޮތުން ދިމާވެފައިވާ އުނދަގޫ ހާލަތެއް ބުނެދިނުމަށެވެ. ނޫންނަމަ، ޑިޕްރެޝަން ނުވަތަ އެންޒައިޓީ ތަހައްމަލު ކުރަމުންދާ މީހެއްކަން ބުނެދިނުމަށެވެ.

ފަޒްނާ ހިއްސާކޮށްފައިވާ އެ ކުއްޖާގެ ޕްރޮފައިލް

އެކުއްޖާގެ ފޮޓޯ ޕޯސްޓުގައި ވަނީ، ގޮތް ހުސްވެ ބޮޑު ފިކުރެއްގެ ތެރޭގައި އިންނަ މީހަކު ރަމްޒުކޮށްދޭ ކުރެހުމެކެވެ. އަދި އެ ފޮޓޯއާއެކު އިނގިރޭސި ބަހުން ލިޔެފައިވަނީ، ތަދާއި ވޭނަކީ އެއިން ސަލާމަތްވެވޭނެ ކަމެއް ނޫން ކަމާއި ނަމަވެސް އެކަން ތަހައްމަލުކުރުމަކީ ތިމާގެ އިހުތިޔާރުގައި އޮތް ކެމެކޭ ކަމެވެ.

ފަޒްނާ ހިއްސާކޮށްފައިވާ އެ ކުއްޖާގެ ފޭސްބުކް ޕޯސްޓް

މި ސްކްރީން ޝޮޓްތައް ހިއްސާކޮށް، ފަޒުނާ ޓެގް ކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، ސެންޓަ ފޯ މެންޓަލް ހެލްތް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، މޯލްޑިވްސް ޕޮލިސް ސާވިސް، ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން އަދި ކެލާ ކައުންސިލެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.