Advertisement

އެސްޓީއޯ ރޯދަ ބާޒާރު ފެށުން -- ފޮޓޯ: އެސްޓީއޯ

15 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ތިންލައްކަ ރުފިޔާގެ އަގުހުރި އިނާމްތަކާއިއެކު އެސްޓީއޯ ރަމަޒާން ބާޒާރު މިރޭ ފަށައިފި

ކޮންމެ އަހަރެއްގެވެސް ރޯދަ މަހަށް ހާއްސަކޮއް އެސްޓިއޯއިން ބާއްވާ "ރަމަޒާން ބާޒާރު 2024" ޕްރޮމޯޝަން މިރޭ ފަށައިފިއެވެ.

އެސްޓީއޯ ޕީޕަލްޗޮއިސްގައި ރަމަޒާން ބާޒާރު މިރޭ ހުޅުއްވައި ދެއްވީ، އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރ ސިމާދު އިބްރާހީމްއެވެ.

ރަމަޒާން ބާޒާރު ޕްރޮމޯޝަނާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ހިއްސާކުރައްވަމުން، އެކުންފުނީ، ސޭލްސް އެސޯސިއޭޓް އައިޝަތު ނަޒާހަތު ވިދާޅުވީ، މިޕްރޮމޯޝަން ކުރިޔަށް ދާނީ، ޖެނުއަރީ 15 އިން އޭޕްރީލް 11 އާއި ހަމައަށް ކަމަށެވެ. އަދި އަތޮޅުތަކުގައި ހުންނަ އެސްޓީއޯ ފިހާރަތަކުގައިވެސް "ރަމަޒާން ބާޒާރު 2024" ޕްރޮމޯޝަން ކުރިޔަށްދާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯ ރަމަޒާން ބާޒާރު 2024 --

އެސްޓީއޯއިން ބުނީ، މި ޕްރޮމޯޝަން ތެރޭގައި އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ޕީޕަލްސް ޗޮއިސްގެ އިން ކުރާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެކަމަށެވެ. މިގޮތުން މިޕްރޮމޯޝަނުގެ ތެރެއިން އަގުހުރި ގިނަ އިނާމްތަކެއް ލިބިގެން ދާނެ ކަމަށާއި އޭގެ އިތުރުން %25 އާއި ހަމައަށް ޑިސްކައުންޓުން ލިބިގެންދާނެ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ. އަދި ހުކުރު ހޮނިހިރު ދުވަހުވެސް ޚާއްސަ ޕްރޮމޯޝަން އަގުތަކެއްގައި މިޕްރޮމޯޝަންގެ ތެރެއިން މުދާ ގަންނަން ލިބޭނެ ކަމުގައިވެސް އެސްޓީއޯއިން ބުންޏެވެ.

މި ޕްރޮމޯޝަނުގައި، ރޯދަ މަހުގެ ކުރިން ހޮވާ ތިން ނަސީބުވެރިންގެ ތެރެއިން އެއްވަނަ ފަރާތަކަށް 75000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެއް ލިބޭ އިރު ދެވަނަ ފަރާތަކަށް، ހޯމް އެޕްލިއަންސް ޕެކޭޖެއް އަދި ތިންވަނަ ފަރާތަކަށް ތިންރޫމް އެޕާޓްމެންޓެއްގައި ލާނެ ނިޕޯން ޕެއިންޓާއި ކުލަ ލައިދިނުމުގެ ޚިދުމަތް ލިބޭނެއެވެ. 

މީގެ އިތުރުން މުޅި ޕްރޮމޯޝަން ނިމޭއިރު އެއްވަނައަށް ހޮވޭ ފަރާތަށް ތުރުކީ ދެކޮޅު ޓިކެޓް، ދެވަނަ ފަރާތަށް ހޯމް އެޕްލިއަންސް ޕެކޭޖެއް އަދި ތިންވަނަ ނަސީބު ވެރިޔާއަށް 65 އިންޗީގެ ފިލިޕްސް ޓީވީއެއް ލިބޭނެއެވެ.

ކޮންމެ އަހަރަކުވެސް އެސްޓީއޯއިން ބާއްވާ ރޯދަ ބާޒާރަކީ، ރޯދައަށް ބާޒާރުކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި އަދި އާއްމުންގެ މެދުގައި މަޤުބޫލު ބާޒާރެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.