Advertisement

ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު -- ފޮޓޯ: ސޯޝަލް މީޑިއާ

20 Feb 2025
ޚަބަރު

މަސްދަޅު ކޭސް ބެހުން ހަވާލުކުރީ މިނިސްޓްރީއަށް!

ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގެ ގޭބިސީތަކަށް ހަވާލުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާއި ހަވާލުނުކޮށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާ ހަވާލުކޮށްފައިވާ ކަމުގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ‏މާލޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ މަސްދަޅު، ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުވެފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިންކަމަށް އެސްޓީއޯއިން މިއަދު ވަނީ އެކައުންސިލަށް އަންގަވާފައި ކަަމަށެވެ. އެހެންކަމުން، މަސްދަޅު ބެހުމަށް ކުރިން ސިޓީ ކައުންސިލުން ހަމަޖައްސައި އިއުލާނުކޮށްފައިވާ ތަންތަނަށް ބަދަލުއަތުވެދާނެ ކަމުގައި އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، އެކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު މި އިދާރާއަށް ލިބޭ މިންވަރަކުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި މަސްދަޅު ކޭސް އާއްމުންނަށް ބަހާނީ، މިރެއިން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށްވެސް ދޫކުރަން ހަމަޖައްސާފައި ވަނީ، 180 ގްރާމްގެ 48 ދަޅުގެ ތެޔޮމަސް ކޭހެކެވެ. 

މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބެހުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާ ހަވާލުކުރި އިރު އަތޮޅުތަކުގައި މަސްދަޅު ކޭސްތައް ބެހުން ކުރިޔަށް ގެންދަނީ ކައުންސިލްތައް މެދުވެރިކޮށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.