Advertisement

އެސްޓީއޯއާއި ވިޓޯލް ގުރޫޕާއި ދެމެދު ކުރެވުނު މުއާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތު، ފޮޓޯ: އެސްޓީއޯ

13 Mar 2024
ވިޔަފާރި

ރާއްޖެއަކީ ދުނިޔޭގެ މަގުބޫލު ވިޔަފާރި ހަބަކަށް ހެދުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމުގެ އެއްބަސްވުމެއް އެސްޓީއޯއިން ހަދައިފި

މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ގާއިމު ކުރުމަށް އެސްޓީއޯއާއި ވިޓޯލް ގުރޫޕާއި ދެމެދު ޓާމް ޝީޓެއްގައި މިއަދު ސޮއިކޮށްފިއެވެ. މިނިސްޓާރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދު ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި، އެސްޓީއޯގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމެވެ. އަދި ވިޓޯލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވިޓޯލް ގުރޫޕުގެ ޑިރެކްޓަރ ޖޭ އެވެ

ވިޓޯލް އާއި އެސް.ޓީ.އޯ އިން ސޮއިކުރި މި ޓާމް ޝީޓަކީ، މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭގައި ބައިނަލްއަގުވާމީ ބަންކަރިން ވިޔަފާރި  ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެކަންކަން ދެފަރާތުން އެއްބަސް ވާ މުއްދަތެއްގައި ފުރިހަމަކޮށް ނިންމުމަށް ކުރެވުނު މުއާހަދާއެކެވެ.

އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫއަކީ ޓުއަރިޒަމްއެކޭ އެއްފަދައިން ދުނިޔޭގެ ވިޔަފާރީގައި ރާއްޖެ ވިދުވާލާނެ މަގްބޫލު ބަންކަރިން ހަބަކަށްވެގެންދާނެއެވެ.  

އެސްޓީއޯއާ އެކު ކުރެވުނު މި އެއްބަސްވުމުގެ ތެރެއިން ވިޓޯލްގެ މައިގަނޑު ޒިންމާއަކީ ބަނކްރަކިންގ ޙިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ އިހަންވަދިއްފޮޅަށް ސަޕްލައި ކުރުމާއި، އަދި ވިޓޯލްގެ ބޮޑު ނެޓްވޯކްގެތެރެއިން ބައިންލްއަގުވާމީ ބަންކަރިނގް ހަބެއްގޮތުގައި ދިވެހި ރާއްޖެ އިސްތިހާރު ކުރުމެވެ. މީގެ އިތުރުން ބޯޓުތަކައް ބޭނުން ވާ ހެވީ ފިއުލް އޮއިލް، މެރިން ގޭސް އޮއިލް ފޯރުކޮށްދިނުމާއި އަދި ޑިމާންޑް އޮތް ކަމުގައި ވާނަމަ، ކުރިއައް އޮތް ތަނުގައި އެލް.އެން.ޖީ. އަދި ބަޔޯ ފިއުލް ވެސް ވިއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު ކުންފުންޏެވެ. ވީޓޯލްގެ އޮފީސްތަށް ދުނިޔޭގެ 40 ގައިމެއްގައި ހުރެއެވެ. މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކަރ ފިއުލްގެ ގޮތުގައި ވިއްކާކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން ވިޓޯލް އަކީ މެދުއިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކަރ ސަޕްލަޔަރ، އަދި ސިންގަޕޯރގެ އެންމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަޔަރެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.