Advertisement

10 Mar 2024
ވިޔަފާރި
މިފްތާޙް މުޙައްމަދު

އެސްޓީއޯއިން ލުނބޯ އަގުހެޔޮކޮށް ވިއްކަން ފަށައިފި

ރޯދަމަހާ ދިމާކޮށް ބާޒާރުގައި ލުނބޯގެ އަގު މައްޗަށް ދާން ފެށުމާ ގުޅިގެން، ލުނބޯގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ލުނބޯ އެތެރެކޮށް ވިއްކަން ފަށައިފިއެވެ

މިހާރު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު އުޅެނީ ކިލޯއެއް 65ރ. އާއި 75ރ. އާއި ދެމެދުގެ އަގު ތަކެއްގައެވެ. މިއީ ނިމިދިޔަ ފެބުރުވަރީ މަހު ވެސް ލުބޯގެ އަގު އުޅުނު ވަރެވެ. ނަމަވެސް އެސްޓީއޯއިން ލުބޯ ރީޓެއިލްކޮށް ވިއްކަނީ ކިލޯއެއް 50ރ. އަށެވެ

ރޯދަމަހާ ދިމާކޮށް އާންމު ގޮތެއްގައި ވިޔަފާރިތަކުން ލުނބޯގެ އަގު މަތިކުރެއެވެ. އެގޮތުން 1443 ވަނަ އަހަރުގެ ރޯދަޔަށް ލުބޯ ކިލޯއެއް 120ރ. އާ ހަމައަށް އުފުލުނުއިރު، މިދިޔަ ރޯދަ މަހާ ދިމާކޮށް ލުނބޯ ކިލޯއެއްގެ އަގު އުޅުނީ 100ރ. އިން މަތީގައެވެ. ނަމަވެސް ކޮންމެ އަހަރެއްގައި ބާޒާރުގެ އަގުތައް ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ތައްޔާރުވެއެވެ.

އެސްޓީއޯއިން މި އަހަރު ހޯލްސޭލް ކުރާ 25 ކިލޯގެ ލުނބޯ ބައްތާ ލިބެން ހުންނާނީ 1،175ރ. އަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއިން އަންނަނީ މި ރޯދަމަހާ ދިމާކޮށް ދިވެހީންނަށް ހަދިޔާ ވެސް ދޫކުރަމުންނެވެ. އެ ގޮތުން ކޮންމެ ގޭބިސީއަކަށް 10 ކިލޯ ބާސްމަތީ ހަނޑުލާއި 10 ކިލޯ ފުށް މިހާރު އަންނަނީ ދޫކުރަމުންނެވެ

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.