Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

19 Dec 2023
ވިޔަފާރި

އެސްޓީއޯގެ އަހަރީ ދުވަހާއި ގުޅުވައިގެން ހާއްސަ ސޭލްއެއް

އެސްޓީއޯގެ 59 ވަނަ އަހަރީ ދުވަހާ ގުޅިގެން 2 ދުވަހުގެ ސޭލްއެއް ފަށައިފިއެވެ. އެސްޓީއޯގެ އަހަރީ ދުވަހަކީ މިއަދެވެ.

އެ ސޭލް ކުރިއަށްދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގައި ވެސް އެ ސޭލް ކުރިއަށް ދާނެކަމަށް ވަނީ ބުނެފައެވެ.

އެސްޓީއޯ އިން ބުނީ މި ހާއްސަ ސޭލްގައި ކަސްޓަމަރުން ކުރާ ކޮންމެ ވިޔަފާރިއަކަށް 20 ޕަސެންޓާ ހަމައަށް ބޮޑެތި ޑިސްކައުޓްތައް ލިބިގެންދާނެ ކަމަށެވެ.

އަހަރީ ދުވަހާއި ގުޅުވައިގެން މިއަދު ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން 59 ފަރާތަކަށް އެކިއެކި ސަޕްރައިޒް ހަދިޔާ ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައި 2022 ވަނަ އަހަރު ކުރިޔަށް ގެންދިޔަ ސޭލްއަށް ވެސް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއްވަނީ ލިބިފައިވާކަމަށް ވަނީ ބުނެފައެވެ.

އެސްޓީއޯގެ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށްގެންދާ އިތުރު ހަރަކާތްތަކުގެ ތެރޭގައި ކުންފުނީގެ ތާރީހާ ބެހޭ ގޮތުން ހާއްސަ ސޯޝަލް މީޑިއާ ކެމްޕެއިނެއް ހިންގުމަށް ވެސް އެކުންފުނިން ވަނީ ރާވާފައެވެ. އަދި އެސްޓީއޯގެ މުވައްޒަފުންގެ މެދުގައި އަގުހުރި ގިނަގުނަ އިނާމުތައް ލިބޭނޭހެން އެކިއެކި ހަރަކާތްތައް ހިންގުމަށް ވެސް ވަނީ ރާވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.