Advertisement

ލުނބޯގަހެއް: ބާޒާރުގައި ލުނބޯގެ އަގު ވަނީ މަތިވެފައި --

10 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އަސާސީ ކާބޯތަކެތީގެ އަގު ހެޔޮކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައި ރައީސް ވިދާޅުވެއްޖެ

ބަރަކާތްތެރި ރަމަޟާން މަސް މާދަމާ ފެށޭއިރު، އެސްޓީއޯ މެދުވެރިކޮށް އަސާސީ ކާބޯތަކެތ އަގުތައް ހެޔޮކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިލްސިލާ ގޮތެއްގައި ސޯޝަލްމީޑިއާގައި ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު"ގައި އާއްމު މީހަކު ހުށައެޅި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކާބޯތަކެތީގެ އަގުތައް ހެޔޮ ކުރެއްވުމަށް ސަރުކާރުން ޚާއްޞަ ގޮތެއްގައި އިސްކަން ދެއްވާކަމަށެވެ. މިގޮތުން، ބަރަކާތްތެރި ރަމަޟާން މަސް ފެށިގެންދާއިރުގައި އެންމެ އަސާސީ ހުރިހާ ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ގެނެވި އަގުހެޔޮ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގައި އުފެއްދޭނެ ކާބޯތަކެތި ރާއްޖޭގައި އުފައްދައި މާކެޓަށް ނެރުންކަމާއި، އެކަމުގެ ސަބަބުން ކާބޯތަކެތީގެ އަގުތައް ހެޔޮވެގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހުރިހާ ސަރުކާރެއްގައިވެސް ޚާއްޞަކޮށް ރަމަޟާން މަހު ކާބޯތަކެތީގެ އަގުތައް މައްޗަށް ދިޔަ ނުދިނުމަށްޓަކައި ސަރުކާރުގެ ކުންފުނި އެސްޓީއޯ މެދުވެރިކޮށް މުދާ އެތެރެކޮށް ފިޔަވަޅުތައް އަޅައެވެ. މިގޮތުން ޚާއްޞަ ގޮތެއްގައި ފިޔާ އަލުވި އަދި ބިހުގެ އަގުތައް މަތިވެގެން ދިޔަ ނުދިނުމަށްޓަކައި އެބާވަތްތައް އެސްޓީއޯއިން އެތެރެކޮށް ހެޔޮއަގުގައި މާކެޓަށް ނެރެއެވެ.

މިއަހަރުގެ ރަމަޟާން މަސް މާދަމާފެށޭއިރު އާއްމު އަސާސި ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ތެލާއި ކިރުގެ ބާވަތްތައް އަދި ލުނބޯގެ އަގުތައް ވަނީ އުފުލިފައެވެ. އެހެން ނަމަވެސް ބާޒާރުގައި ކަރާ ތިޔާގިވެ ކަރާގެ އަގުވެއްޓިފައި ވީނަމަވެސް، ފަނިގިރުމަށް ބޭނުންކުރާ، ރޯ މޭވާގެ ބާވަތްތަކާއި ކުރުނބާގެ އަގުތައް ވަނީ މައްޗަށް އަރާފައެވެ. އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ވާނީ، (މާދަމާ) 11 މާރިޗު 2024ވާ ހޯމަ ދުވަހަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.