Advertisement

ފިޔާ --

22 Feb 2024
ޚަބަރު

ދަތިނުވެ ރާއްޖެއަށް ފިޔާ ލިބޭނެ - އެސްޓީއޯ

އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރަން ނިންމި ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ނުހިމެނޭ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް އިންޑިއާއިން ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމުގައި އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ ކުރިއެކޭވެސް އެއްފަދައިން އެސްޓީއޯއިން އާއްމުކޮށް ފިޔާ ވިއްކަމުންދާނެ ކަމަށާއި، ފިޔާ ސަޕްލައިކުރުމުގެ އެއްވެސް ދަތިކަމެއް ނެތްކަމަށެވެ. އަދި ފާއިތުވި ދެމަހުގެ މާކެޓް ޓްރެންޑަށް ބަލާކަމުގައިވާނަމަ ރާއްޖޭގެ މާކެޓްގައި ފިޔާގެ އަގު އަންނަނީ ދަށްވަމުން ކަމުގައިވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ. ކުރިއަށްއޮތް ރަމަޟާންމަހު އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް އެސްޓީއޯއިން ވަނީ ފުރިހަމައަށް ތައްޔާރުވެފައި ކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަމަހު، ފިޔާ، އަލުވި އަދި ބިހުގެ އަގުތައް އުފުލިގެންދާތީ އެކަން ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ޚާއްޞަ ފިޔަވަޅުތަކެއް އަޅައެވެ. މިއަހަރުގެ ރަމަޟާން މަސް ފެށޭނީ އަންނަ މާރިޗު މަހުގެ 11 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
01 Apr 2025
ޚަބަރު
ޖަލުން ދޫކޮށްލި މީހަކު ބޭބެއަށް ހަމަލާދީގެން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ 11:28 ހާއިރުގައި ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާއަށް މަޑުއްވަރީ ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
01 Apr 2025
ޚަބަރު
ޢީދު ފާހަގަކުރުމުގައި ބައިވެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި
މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދު ބޮކި ދިއްލުމާއި، ޢީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. އަދި މިފަދަ ބައެއް ހަރާކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަނީ ރައްޔިތުންނާ، ކުޑަކުދިންނާ އަދި ޢާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފައެވެ.
30 Mar 2025
ޚަބަރު
ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި ޢީދަށް ދިއްލާލައިފި
ފިޠުރު އީދަށް މާލެ ސަރަހައްދު ރަސްމީކޮށް މިރޭ ދިއްލާލާފައި ވާއިރު، ޢީދަށް އަތޮޅު ތެރޭގެ ރަށްތައް ދިއްލުމަށްޓަކައި، 28 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި 36 ރަށަކަށް ސަރުކާރުން މި އީދުގައި ޢީދު ލައިޓްތައް ފޮނުވާފައިވެއެވެ.
30 Mar 2025
ޚަބަރު
ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، އަޅުގަނޑުމެން ބަލަންވީ ޢީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހެދުމަށް ކަމަށާއި، އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫޙެއް ލިބޭ ދުވަހަކަށް ހެދުމަށް ކަމަށެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމަޢުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް ޢީދު ދުވަސް ވުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.