Advertisement

ސައުތު ލީގު ސްޕޮންސަރޝިޕް އެއްބަސްވުމުގައި އެފްއޭއެމް އާއި އެސްޓީއޯ އިން ސޮއިކޮށްފައިވަނީ އޮކްޓޯބަރ 18، 2022 ގައި

03 Sep 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ސައުތު ލީގު ބޭއްވުމަށް އެސްޓީއޯއިން ސްޕޮންސަރ ހޯދުމަށްފަހު އެ މުބާރާތް ބާއްވާފައި ނުވާތީ، އެ ފައިސާ އަނބުރާ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ހުކުމްކޮށްފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށް ސައުތު ލީގުގެ ނަމުގައި މުބާރާތެއް ބޭއްވުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ސްޕޮންސާރގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ހޯދުމަށްފަހު އެ މުބާރާތް ބާއްވާފައިނުވާތީ، އެ ފައިސާ އަނބުރާ އެސްޓީއޯއަށް ދެއްކުމަށް ސިވިލް ކޯޓުން އާދީއްތަ ދުވަހު އެފްއޭއެމްގެ މައްޗަށް ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ހާމަކޮށްފައިވާ ގޮތުގައި، ސައުތު ލީގުގެ ސްޕޮންސަރ އެއްބަސްވުމުގައި އެސްޓީއޯ އާއި އެފްއޭއެމްއާއި ދެމެދު ސޮއިކޮށްފައި ވަނީ ނޮވެމްބަރ 16، 2022 ގައެވެ. ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް އެފްއޭއެމްއިން އަމަލުކޮށްފައި ނުވާކަމަސް ވެސް އެ ހުކުމުގައި ވެއެވެ.

މީގެ އިތުރުން، މި މުބާރާތް ބޭއްވުމަށް އެސްޓީއޯއިން ސްޕޮންސަރ ގެ ގޮތުގައި އެފްއޭއެމްއަށް 1.5 މިލިއަން ރުފިޔާ ދީފައިވާކަން ސާބިތުވެފައިވާކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމުގައި ވެއެވެ.

ސައުތު ލީގު ޑިސެމްބަރ 4، 2022 ގައި ފެށުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް، އެފްއޭއެމް އިން ސްޕޮންސަރޝިޕް ޕްރޮޕޯޒަލް އެސްޓީއޯއަށް ހުށަހަޅާފައިވަނީ ސެޕްޓެމްބަރ 1، 2022 ގައެވެ. އެއަށްފަހު ސްޕޮންސަރޝިޕް އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައި ވަނީ އޮކްޓޯބަރ 18، 2022 ގައެވެ. އޭގެ ފަހުން ސައުތު ލީގުގެ ސްޕޮންސަރ ފައިސާ އެކި ދުވަސް މަތިން ވަނީ އެފްއޭއެމްއާއި ހަވާލު ކޮށްފައެވެ. އެގޮތުން ތިރީގައި އެވަނީ ފައިސާ ހަވާލުކުރި އަދަދާއި ދުވަސްތަކެވެ.

• އޮކްޓޫބަރު 23، 2022 - ދެފަރާތުގެ ދެމެދުގައި ވީ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ދޭން އެއްބަސްވި 1.5 މިލިއަން ރުފިޔާގެ ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 700،000ރ. ދިނުން

• ނޮވެމްބަރު 28، 2022 - އެސްޓީއޯއިން ދޭން އެއްބަސްވި 1.5 މިލިއަން ރުފިޔާގެ ދެވަނަ ޕޭމަންޓުގެ ގޮތުގައި 400،000ރ. ދިނުން

• ޑިސެމްބަރު 29، 2022 - އެސްޓީއޯއިން ދޭން އެއްބަސްވި 1.5 މިލިއަން ރުފިޔާގެ ތިންވަނަ ޕޭމަންޓުގެ ގޮތުގައި 400،000ރ. ދިނުން

ފައިސާ ހަވާލު ކުރުމަށްފަހު، އެފްއޭއެމުން މުބާރާތް ފަށާނެ ކަމަށް ބުނި ތާރީހުގައި މުބާރާތް ބާއްވާފައި ނުވާތީ ދެން މުބާރާތް ބޭއްވޭނެ ތާރީހެއް އަންގައި ދިނުމަށް އެދި އެސްޓީއޯއިން ވަނީ އޮކްޓޫބަރު 23، 2023 ގައި ލިޔުމުން އެދިފައެވެ. ނަމަވެސް އޭގެ ފަހުން ވެސް މުބާރާތް ބާއްވާފައި ނުވާތީ އެއްބަސްވުން ބާތިލުވި ކަމަށް ބުނެ އެސްޓީއޯއިން ވަނީ ޑިސެމްބަރު 6، 2023 ގައި ލިޔުމުން އެކަން އަންގާފައެވެ.

އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް ސިވިލް ކޯޓުން އަމުރު ކޮށްފައި ވަނީ، މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެސްޓީއޯއިން އެފްއޭއެމަށް ދިން 1.5 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.