ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް
03 Sep 2024
ކުޅިވަރު
އެފްއޭއެމްގެ މައްޗަށް ދޮޅު މިލިއަންގެ ހުކުމެއް ކޮށްފި
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށް ސައުތު ލީގުގެ ނަމުގައި މުބާރާތެއް ބޭއްވުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ސްޕޮންސާރގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ހޯދުމަށްފަހު އެ މުބާރާތް ބާއްވާފައިނުވާތީ، އެ ފައިސާ އަނބުރާ އެސްޓީއޯއަށް ދެއްކުމަށް ސިވިލް ކޯޓުން އާދީއްތަ ދުވަހު އެފްއޭއެމްގެ މައްޗަށް ހުކުމްކޮށްފިއެވެ.
20 Aug 2024
ކުޅިވަރު
ފީފާއިން އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީ ފައިނަލްކޮށްފި
ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކަކާއެކު ބޮއްސުންލާފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގުން ހަވާލުކުރުމަށް ފީފާ އިން ނިންމާފައިވާ ނޯމަލައިޒިން ކޮމިޓީ އެކުލަވާލައިފިއެވެ. އެ ކޮމެޓީގެ ޗެއާމަނަކަށް ފީފާއިން ހަމަޖައްސާފައިވަނީ ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު، އަހުމަދު ޒުހޫރުއެވެ.
24 Jul 2024
ޚަބަރު
އެފްއޭއެމް ހިންގަން ނޯމަލައިޒް ކޮމެޓީއަކާ ހަވާލުކުރުމަށް ފީފާއިން ނިންމައިފި
މި ނޯމަލައިޒް ކޮމެޓީގެ ގޮތުގައި އައްޔަނުކުރާނެ ބަޔަކު ފީފާއިން ކަނޑައެޅުމަށް ހަމަޖެހިފައިވާއިރު، އެ ކޮމެޓީއަށް ދޭނީ 1 އަހަރު ދުވަހުގެ މުއްދަތެއްކަމަށް ފީފާ އިން ހާމަކޮށްފައިވެއެވެ. އަދި އެ ކޮމެޓީގެ ޒިންމާތައް އެ މުއްދަތުގެ ކުރިން ނިންމައިފިނަމަ، ކޮމެޓީގެ ދައުރު ނިމޭނެކަމަށް ވެސް ބުނެފައިވެއެވެ. މައްސަލަތައް ހައްލުކޮށް އެފްއޭއެމް އިންތިހާބުކޮށް ނިންމަން ޖެހޭ އެންމެ ފަހު މުއްދަތެއްގެ ގޮތުގައި އެ ކޮމިޓީ އަށް ފީފާއިން ދިނީ އަންނަ އަހަރުގެ ޖުލައި 31 ގެ ނިޔަލަށެވެ.
30 Apr 2024
ކުޅިވަރު
ދިވެހި ލީގު އޮގަސްޓު 1 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފި
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ފުޓުބޯޅަ ސީޒަނުގެ ކަލަންޑަރު ކުލަބުތަކާ ހިއްސާކޮށްފިއެވެ. އެގޮތުން، މިދިޔަ ޑިސެމްބަރު މަހު ނިމުނު ދިވެހި ޕްރިމިއަ ލީގު ޝެޑިއުލްގައި ވާގޮތުން ދެން ފަށާނީ 1 އޯގަސްޓް 2024 ގައެވެ.
29 Mar 2024
ކުޅިވަރު
ޖުމްލަ 1.6 މިލިއަންގެ ދަރަންޏެއް ދެއްކުމަށް އެފްއޭއެމްއަށް ހުކުމްކޮށްފި
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ބީހައިވް ހޮޓަލުން ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ނުދައްކައިގެން، އެ ހޮޓެލް ނިސްބަތްވާ ކުންފުނިން ކުރި ދައުވާއަކަށް ބިނާކޮށް، އެފްއޭއެމްގެ މައްޗަށް ބޮޑު ދަރަންޏެއް ދެއްކުމަށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.
24 Mar 2024
ކުޅިވަރު
އިތުރު 1 މިލިއަން ޑޮލަރުގެ މައްސަލައަކާއެކު އެފްއޭއެމް ހިޔާނާތުގައި ޖުމްލަ 2.9 މިލިއަން ޑޮލަރު ހިމެނޭ
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އާ ގުޅުންހުރި 1.9 މިލިއަން ޑޮލަރު (29.3 މިލިއަން ރުފިޔާ)ގެ މައްސަލަތަކެއް ތަހުގީގު ކުރަމުން ދަނިކޮށް، އިތުރު 1 މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ) ގެ އައު މައްސަލައެއް ފެންމަތިވެއްޖެކަމަށް ރިޕޯޓުކޮށްފިއެވެ.
22 Mar 2024
ކުޅިވަރު
އެފްއޭއެމްގެ އިންތިހާބު އަނެއްކާ ވެސް މަޑުޖައްސާލައިފި
ދުނިޔޭގެ މައި ފުޓުބޯޅަ އިދާރާ، ފީފާއާއި، އޭޝިއާގެ ފުޓުބޯޅަ އިދާރާ، އޭއެފްސީއިން އަންގައިގެން ދެވަނަ ފަހަރަށް ތާވަލުކުރި އެފްއޭއެމްގެ އިންތިހާބުގެ ކަންކަން އަނެއްކާ ވެސް މަޑުޖައްސާލައިފިއެވެ. އިންތިހާބު މަޑުޖައްސާލުމަށް މި ފަހަރު އެންގީ އެފްއޭއެމްއާ ގުޅޭ މައްސަލަތަކެއް ފީފާ އާއި އޭއެފްސީއިން ބަލަމުން ދާތީއެވެ.
08 Mar 2024
ކުޅިވަރު
ފުޓުބޯޅައިގެ ހަރަކާތްތަކުން ކްލަބް ވެލެންސިއާ ސަސްޕެންޑުކޮށްފި
ކްލަބް ވެލެންސިއާ ސަސްޕެންޑުކުރި ސަބަބެއް ކަމުގައި އެފްއޭއެމްއިން ބުނެފައިވަނީ، އެ ކްލަބުގެ ބޯޑުން ހަސަން ވަހީދު (ދޮނާ) ވަކިކުރުމުގައި ގަވާއިދާއި ޚިލާފަށް އަމަލުކޮށްފައިވުމެވެ. މިހެންކަމުން، އެފްއޭމްއިން ކްލަބް ވެލެންސިއާ ސަސްޕެންޑު ކޮށްފައިވަނީ، އެ ކްލަބުގެ އާ ބޯޑު އިންތިހާބު ކުރެވެންދެން ކަމުގައި ބުނެފައިވެއެވެ.
23 Feb 2024
ކުޅިވަރު
އެފްއޭއެމުން މުފާ އިސްތިއުފާ ދީފި
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ އެގްޒެކެޓިވް ކޮމެޓީ (އެކްސްކޯ)ގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރި މުފާވިޒު ހާޝިމް (މުފާ) އެ މަގާމުން އިސްތިއުފާ ދީފިއެވެ.
08 Feb 2024
ކުޅިވަރު
ދެވަނަ ޑިވިޝަނުގެ ސެމީގައި ރާއްޖޭގެ ފުޓުބޯޅައިގެ ބޮޑު ދެބާރުގެ ކުރިމަތިލުމެއް
އެމްޕީއެލް ދެވަނަ ޑިވިޝަނުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑު އިއްޔެ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން، މެޗުގެ ބާކީ އޮތް 7 މިނެޓު ނުކުޅެ ވަނީ ނިންމާލާފައެވެ. އަދި މިއަދު ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ އެމެޖެންސީ ކޮމެޓީއިން އެ މެޗުގެ ބާކީ ވަގުތު ކުޅެން ނިންމާފައި ވަނިކޮށް، ކުޑަހެންވޭރު ޔުނައިޓެޑުން މެޗު އިތުރަށް ކުރިޔަށް ގެންދަން ބޭނުން ނުވާކަމަށް އެންގުމުން، މެޗު މެދުކަނޑާލިއިރު އޮތް ސްކޯއިން ވިކްޓްރީއިން މެޗު ކާމިޔާބުކުރިކަމަށް އެފްއޭއެމްއިން ކަނޑައަޅައިފިއެވެ.
08 Feb 2024
ކުޅިވަރު
އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިފި
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މިއަދު ބާއްވައިފިއެވެ. އެފްއޭއެމް އިދާރީ ގޮތުން ހިންގުމުގައި ހުންނަންޖެހޭކަމަށް އަސާސީ ގަވާއިދުގައި ލާޒިމްކުރާ ކޮމެޓީތައް އެކުލަވާލުމާއި، އުސޫލާ ޚިލާފަށް ބައެއް ކޮމެޓީތައް އެކުލަވާލާފައިވާތީ އެކަން އިސްލާހު ކުރުމާއި އަދި ބައެއް ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާ ދިނުމުގެ ސަބަބުން ކޮމެޓީތައް ހަރަކާތްތެރިވުމަށް ކުރިމަތިވެފައިވާ އިދާރީ ގޮންޖެހުންތައް ހައްލުކުރުމަށް، މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބުން ހިށަހެޅީ މިދިޔަ މަހުގެ މެދުތެރޭގައެވެ.
17 Jan 2024
ކުޅިވަރު
މާޒިޔާއިން އިސްވެ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ހުށަހަޅައިފި
އެފްއޭއެމްގެ މެމްބަރު ކްލަބްތަކުގެ އަގުލަބިއްޔަތު ހިމެނޭ ގޮތަށް ހުށަހެޅި މި ހުށަހެޅުމުގެ ބޭނުމަކީ، އެފްއޭއެމް އިދާރީ ގޮތުން ހިންގުމުގައި ހުންނަންޖެހޭކަމަށް އަސާސީ ގަވާއިދުގައި ލާޒިމްކުރާ ކޮމިޓީތައް އެކުލަވާލުމާއި، އުސޫލާ ޚިލާފަށް ބައެއް ކޮމިޓީތައް އެކުލަވާލާފައިވާތީ އެކަން އިސްލާހު ކުރުމާއި އަދި ބައެއް ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދިނުމުގެ ސަބަބުން ކޮމެޓީތައް ހަރަކާތްތެރިވުމަށް ކުރިމަތިވެފައިވާ އިދާރީ ގޮންޖެހުންތައް ހައްލު ކުރުމެވެ.
04 Jan 2024
ކުޅިވަރު
އަޒްމީނަށް ނޭންގި އޭނާ ޗެއާމަންކަމުން އިސްތިއުފާ ދިންކަމަށް ބުނާ މައްސަލަ ޕޮލިހަށް ހުށަހަޅައިފި
އެފްއޭއެމްގެ ރައީސަކު އިންތިހާބު ކުރުމަށް ބާއްވަން އުޅޭ އިންތިހާބުގައި ވާދަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހްމަދު ޠާރިގު (ޓޮމް)، ހުށަހަޅާފައިވާ ކްލަބް ވެލެންސިއާގެ ތާއީދު ސިޓީގައި ސޮއިކޮށްފައިވާ އެ ކްލަބުގެ ޗެއާމަން، އަބްދުﷲ އަޒްމީން، އިންތިއުފާ ދިންކަމަށް ބުނެ އެ ކްލަބުގެ ރަސްމީ އީމެއިލުން ފޮނުވާފައިވާ ސިޓީގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
01 Jan 2024
ކުޅިވަރު
މުފާ ތުހުމަތު ކުރަނީ އިންތިހާބުގެ ކަންތައްތަކުގައި ސްޕޯޓްސް ކޮމިޝަނަރ ވަކި ކޮޅަކަށް ޖެހިފައިވާކަމަށް
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި، ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލު ވަކިކޮޅަކަށް ޖެހިފައިވާކަމަށް، އެ އިންތިހާބުގައި ވާދަކުރައްވާ ކްލަބް އީގަލްސްގެ ސީއީއޯ މުފާވިޒު ހާޝިމު (މުފާ) ތުހުމަތުކޮށްފިއެވެ.
31 Dec 2023
ކުޅިވަރު
އިދިކޮޅު ކެނޑިޑޭޓު ހުށަހަޅާފައިވާ ވެލެންސިއާގެ ތާއީދު ސިޓީއާ ގުޅިގެން ޓޮމްގެ ސީރިއަސް ތުހުމަތުތަކެއް
ސޯޝަލް މީޑީއާގައި ޓޮމް ހިއްސާކުރައްވާފައިވާ ގޮތުގައި، އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް، މުފާ ހުށަހަޅުއްވާފައިވާ ކްލަބް ވެލެންސިއާގެ ތާއީދު ސިޓީއަކީ ފޯޖުކޮށްފައިވާ ސިޓީއެކެވެ. އެހެންކަމުން، ކްލަބް ވެލެންސިއާއިން އެންޑޯޒްކޮށްފައިވާ ކެނޑިޑޭޓު ސާފުކޮށްދިނުމަށް، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީއަށް ކްލަބް ވެލެންސިއާއިން މިއަދު ވަނީ ސިޓީއެއް ފޮނުވާފައެވެ.
28 Dec 2023
ކުޅިވަރު
އެފްއޭއެމް އިންތިހާބު ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް އަންގައިފި
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސަކު ހޮވުމަށް މި އަންނަ ޖެނުއަރީ 31 ގައި ބޭއްވުމަށް ނިންމާފައިވާ އިންތިހާބުގެ ކަންތައްތައް ކުރިޔަށް ނުގެންގޮސް ހުއްޓާލުމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ތޮލާލް އެ އެސޯސިއޭޝަނަށް މިއަދު އަންގައިފި.