Advertisement

19 Sep 2024
ކުޅިވަރު

ފީފާއިން ދިން ފައިސާ ބޭނުންކޮށްގެން ބައްސާމް ދެ އެޕާޓްމެންޓެއް ގަނެފައިވާ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދީފައިވާ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމް އަދީލް، އަމީން އެވެނިއު އިން ދެ އެޕާޓްމެންޓް ގަތް މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.

އެފްއޭއެމްއާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ތަހުގީގުގައި އެނގިފައިވާ ގޮތުން، މި ދެ އެޕާޓްމެންޓު ގަތުމަށް ބައްސާމް ބޭނުންކޮށްފައިވަނީ، ފީފާއިން ކޮވިޑް ލޯނުގެ ގޮތުގައި ދިން ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރެވެ. ފީފާއިން ވަނީ ކޮވިޑުގެ އެހީގެ ގޮތުގައި އެފްއޭއެމްއަށް 1.9 މިލިއަން ޑޮލަރު ދީފައެވެ. އެހެންކަމުން، މި އަދަދުގެ ދެބައިކުޅަ އެއްބަޔަށް ވުރެން ގިނަ ފައިސާ ބައްސާމް ވަނީ މިކަމަށް ހޭދަކޮށްފައެވެ.

ފީފާއިން ކޮވިޑުގެ އެހީ އެފްއޭއެމްއާއި ހަވާލުކޮށްފައިވަނީ އެޕްރީލް 14، 2021 ގައެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، އަމީން އެވެނިއުއިން އެޕާޓްމެންޓު ގަތުމަށް، އަމީން ކޮންސްޓްރަކްޝަނާއި ފައިސާ ހަވާލުކޮށްފައިވަނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

ފުރަތަމަ ޕޭމަންޓު: އެޕްރީލް 20، 2021 – 6،168،000 (ހަ މިލިއަން އެއް ލައްކަ ފަސްދޮޅަށް އަށްހާސް) ރުފިޔާ

ދެވަނަ ޕޭމަންޓު: އޮކްޓޯބަރ 31، 2021 – 3،084،000 (ތިން މިލިއަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ

ތިންވަނަ ޕޭމަންޓު: ނޮވެމްބަރ 30، 2021 – 6،168،000 (ހަ މިލިއަން އެއް ލައްކަ ފަސްދޮޅަށް އަށްހާސް) ރުފިޔާ

މި މައްސަލައިގެ އިތުރުން ވެސް، ބައްސާމްގެ މައްޖަށް ޕީޖީ އޮފީހުން ވަނީ އިތުރު ދައުވާތަކެއް އުފުލާފައެވެ. އެގޮތުން މިދިޔަ ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާއެއް ވަނީ މިދިޔަ ފެބުރުވަރީ މަހު އުފުލާފައެވެ. އެ މައްސަލައަކީ، ފީފާއިން ދެމުން އަންނަ ފައިސާގެ ތެރެއިން 10،000 އެމެރިކާ ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ފޮނުވައި އަދި އެ ބޭނުންކޮށްފައިވާތީ އުފުލާފައިވާ ދައުވާއެކެވެ. އަދި އެ މައްސަލައާއި ގުޅިގެން ބައްސާމްގެ ޕާސްޕޯޓު ވެސް ވަނީ ހިފާއްޓާފައެވެ.

ފީފާ އިން މިދިޔަ ޖޫން މަހު 20 ވަނަ ދުވަހު ނިންމީ، ފީފާގެ އިންވެސްޓިގޭޓަރީ ޗެމްބަރުން ހޯދި ހޯދުމުން، ބައްސާމް ވަނީ އެފްއޭއެމްގެ އެންމެ އިސްވެރިއެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ހަދިޔާ ހޯދުމާއި ރާއްޖެ އަށް ލިބޭ ފަންޑް/ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކަންތައްތަކެއް ކޮށްފައިވާތީ، ބައްސާމް ނުވަ މަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރުމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.