Advertisement

24 Mar 2024
ކުޅިވަރު

އިތުރު 1 މިލިއަން ޑޮލަރުގެ މައްސަލައަކާއެކު އެފްއޭއެމް ހިޔާނާތުގައި ޖުމްލަ 2.9 މިލިއަން ޑޮލަރު ހިމެނޭ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އާ ގުޅުންހުރި 1.9 މިލިއަން ޑޮލަރު (29.3 މިލިއަން ރުފިޔާ)ގެ މައްސަލަތަކެއް ތަހުގީގު ކުރަމުން ދަނިކޮށް، އިތުރު 1 މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ) ގެ އައު މައްސަލައެއް ފެންމަތިވެއްޖެކަމަށް ރިޕޯޓުކޮށްފިއެވެ.

މި ތަހުގީގަށް އިތުރުވި 1 މިލިއަން ޑޮލަރުގެ މައްސަލައާއެކު، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ތެރޭގައި ހިޔާނާތާއި މަނީ ލޯންޑަރިންއާ ގުޅޭ މައްސަލަތަކެއް ހުރިކަމަށް ތުހުމަތުކޮށް ފަށާފައިވާ މި ތަހުގީގުގައި ޖުމްލަ 2.9 މިލިއަން ޑޮލަރު (44.7 މިލިއަން ރުފިޔާ) ގެ މައްސަލަތަކެއް މިހާރު ކުރިޔަށް އެބަދެއެވެ.

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމުގެ އަމުރަކަށް މި މައްސަލަތަކުގެ ތަހުގީގު ފަށަފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ފުރަތަމަ ބަލަން ފެށި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ކޮވިޑާ ގުޅިގެން އެފްއޭއެމްއަށް ލިބުނު 1.9 މިލިއަން ޑޮލަރުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ މައްސަލައާއި، ފީފާއިން އެފްއޭއެމްއަށް ދިން 10،000 ޑޮލަރު އެފްއޭއެމްގެ އިސް ވެރިއެއްގެ އެކައުންޓަށް ޖަމާކޮށް އަމިއްލައަށް ބޭނުންކޮށް މަންފާ ހޯދާފައިވާ ކަމުގެ މައްޗަށް ކުރާ ދައުވާއަކާއި އަދި އެފްއޭއެމްގެ ރައީސް ބައްސާމުގެ އެސްއޯއެފް އެކައުންޓަށް 28،000 ޑޮލަރު ޖަމާވި މައްސަލައެކެވެ.

މި މައްސަލަތައް އަވަހަށް ކުރިޔަށް ގެންދިއުމާ ގުޅޭގޮތުން ޕީޖީ ޝަމީމްއާއި ފުލުހުން ވަނީ މިއަދު ބައްދަލުވުމެއް ވެސް ބާއްވާފައެވެ. މި ބައްދަލުވުމުގައި ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަން ދެނެގަތުމާއި، އެ މަސައްކަތްތައް ކުރިޔަށްގެންދާނެ ގޮތުގެ ތާވަލެއް ހެދުމާއި،  ދައުލަތުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުންނާއި އަދި މި މައްސަލަތަކުގައި އިތުރަށް ތުހުމަތުކުރެވޭ މީހުންގެ ބަޔާން ނެގުމާ ގުޅޭ ގޮތުން މަޝްވަރާކުރިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.