ޕްރޮސެކިއުޓަރ ޖެނެރަލް
31 Jan 2024
ޚަބަރު
ޕީޖީ ޝަމީމަށް ދިންހަމަލާ ރައީސް ޞާލިޙް ކުށްވެރިކުރައްވައިފި
ރައީސް ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެހަމަލާ ކުއްވެރި ކުރައްވައި ވިދާޅުވީ، ޑިމޮކްރެޓިކް މުޖުތަމަޢެއްގައި ސިޔާސީ މަޤްޞަދުގައި ހިންގާ ހަމަނުޖެހުންތަކުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި، އެކަން ކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.
31 Jan 2024
ޚަބަރު
ޕްރޮސެކިއުޓަރ ޖެނެރަލްއަށް ހުސައިން ޝަމީމަށް މަގުމަތިން ހަމަލާދީ ޒަޚަމްކޮށްލައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޕީޖީ ޝަމީމަށް މީހަކު ހަމަލާދީފައި ވަނީ މިއަދު ހެނދުނުގައި ކަމަށާއި، އެމަނިކުފާނަށް މިހާރު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށެވެ. އެހެން ނަމަވެސް ޕީޖީ ޝަމީމަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ތަފްސީލެއް އަދި އެމަނިކުފާނަށް ހަމަލާދިނީ ކާކުކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
06 Dec 2023
ޚަބަރު
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ރައްޔިތުންގެ ޕޯޓަލްގެ ތެރެއިން ނޫސްވެރިންނަށް ވެސް މައުލޫމާތު ހޯދޭނެ ގޮތް ހަމަޖައްސައިފި
ޕީޖީ ޝަމީމް ވަނީ، އެމަނިކުފާނުގެ އަމިއްލަފުޅު ބްލޮގުގައި ޕީޖީން އަލަށްފަށާ މިމަސައްކަތުގެ މައުލޫމާތު ލިޔުުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ޢާންމުންނަށް ޖަވާބުދާރީވާ އިދާރާއެއް ރަނގަޅުގޮތުގައި ހިންގުމުގައި އެންމެ ބޮޑު އެހީތެރިކަމެއްދޭ ޕާޓްނަރަކީ ނޫސްވެރިންކަމަށެވެ. އަދި ދިވެހިރާއްޖޭގައި، ޒިންމާދާރު، ހަރުދަނާ، ހީވާގި އަދި ރޯޝަން ނޫސްވެރިކަމެއް އޮތުމަކީ އެމަނިކުފާނުގެވެސް މަޞްލަޙަތުގައި އޮތް ކަމެއް ކަމުގައި ޕީޖީ ހުސައިން ޝަމީމް އެމަނިކުފާނުގެ ބްލޮގްގައި ލިޔުއްވާފައިވެއެވެ.
30 Nov 2023
ޚަބަރު
ނައީމާ މަރާލި މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވަނީ
ނ. މަނަދޫގައި މަރާލާފައި އޮތްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
30 Nov 2023
ޚަބަރު
މަންޑޭގެ މައްޗަށް 200 ވުރެ ގިނަ ދައުވާ އުފުލޭނެ ކަމުގައި ޕީޖީ ވިދާޅުވެއްޖެ
މަންޑޭގެ މައްޗަށް އުފުލާ މައިގަނޑު ދައުވާތަކުގެ ތެރޭގައި ، ސައްޙަ ނޫން ލިޔެކިޔުން އުފެއްދުމާއި، އޮޅުވާލުމާއި، ޓެކުމާއި އަދި މަނީލޯންޑަރިންގެ ކުށެވެ. ޕީޖީ ވިދާޅުވާ ގޮތުގައި މަންޑޭ ހިންގާފައިވާ ކުށުގެ އަމަލުކަށް ކުރުމަށް ކަނޑައަޅާފައިވަނީ ވަކިވަކި ދަޢުވާތެކެވެ. ތަޙްޤީޤާއި ގުޅޭ މައުލޫމާތު ހާމަކުރައްވަމުން ޕީޖީ ވިދާޅުވީ، ކޭޕާކުގެ އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކާފައިވާ ކަމަށެވެ. މިގޮތުން ކޭޕާޚުގެ 41 އެޕާޓްމަންޓް ޖުމުލަ، 107 މީހުންނަށް ވިއްކާފައިވާ ކަމުގައި ތަޙްޤީޤުތަކުން އެނގޭކަމުގައިވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.
13 Nov 2023
ޚަބަރު
ނަޝީދު ވަކިކުރުމުގެ ގަރާރު ބޭރުކޮށްލީ މަޖިލީހުގެ ގަވައިދާއި ހިލާފަށްކަމަށް ބަންޑާރަ ނައިބު ވިދާޅުވެއްޖެ
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކިކުރުމުގެ ޤަރާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަރާތުން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.ބަންޑާރަ ނައިބު މިހެން ވިދާޅުވެފައިވަނީ ރޭ ކުރެއްވި ޓުވިޓެއްގައެވެ.