Advertisement

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ނޫސްވެރިންނާއިއެކު --

06 Dec 2023
ޚަބަރު

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ރައްޔިތުންގެ ޕޯޓަލްގެ ތެރެއިން ނޫސްވެރިންނަށް ވެސް މައުލޫމާތު ހޯދޭނެ ގޮތް ހަމަޖައްސައިފި

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ރައްޔިތުންގެ ޕޯޓަލްގެ ތެރެއިން ނޫސްވެރިންނަށް ވެސް މައުލޫމާތު ހޯދޭނެ ގޮތް ހަމަޖައްސައިފިއެވެ.

ޕީޖީ ޝަމީމް ވަނީ، އެމަނިކުފާނުގެ އަމިއްލަފުޅު ބްލޮގުގައި ޕީޖީން އަލަށްފަށާ މިމަސައްކަތުގެ މައުލޫމާތު ލިޔުުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ޢާންމުންނަށް ޖަވާބުދާރީވާ އިދާރާއެއް ރަނގަޅުގޮތުގައި ހިންގުމުގައި އެންމެ ބޮޑު އެހީތެރިކަމެއްދޭ ޕާޓްނަރަކީ ނޫސްވެރިންކަމަށެވެ. އަދި ދިވެހިރާއްޖޭގައި، ޒިންމާދާރު، ހަރުދަނާ، ހީވާގި އަދި ރޯޝަން ނޫސްވެރިކަމެއް އޮތުމަކީ އެމަނިކުފާނުގެވެސް މަޞްލަޙަތުގައި އޮތް ކަމެއް ކަމުގައި ޕީޖީ ހުސައިން ޝަމީމް އެމަނިކުފާނުގެ ބްލޮގްގައި ލިޔުއްވާފައިވެއެވެ.

ޕީޖީ ވިދާޅުވީ،  ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރައްޔިތުންގެ ޕޯޓަލަކީ، ޢާންމުންނާ މުޢާމަލާތުކުރުމަށް ތައްޔާރުކޮށްފައިވާ ޕޯޓަލެއް ކަމަށާއި، އެއީ، ސަރުކާރުގެ އީފާސް އޮތޮރައިޒޭޝަން ނިޒާމުގެ ތެރެއިން ކޮންމެ ދިވެހި ރައްޔިތަކަށްވެސް، ރައްކާތެރިކަމާއި އިތުބާރާއެކު ބޭނުންކުރެވޭނެ ޕޯޓަލެކެއް ކަމަށެވެ. އެޕޯޓަލުގައި މިހާރުވެސް ވަރަށް ގިނަ ޚިދުމަތްތައް ލިބެން ހުންނާނެ ކަމަށާއި މިޕޯޓަލުގެ ތެރެއަށް ނޫސްވެރިންގެ ސުވާލާއި ޖަވާބު ލިބޭނެ ބައެއް މިހާރު ވަނީ ހިމަނާފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ. ޕޯޓަލްގައި ނޫސްވެރިއެއްގެ ގޮތުގައި ރަޖިސްޓްރީވުމަށްޓަކައި އެނޫސްވެރިއަކު މަސައްކަތްކުރާ ނޫހެއްގެ ރަސްމީ އީމެއިލް އިން، [email protected] އަށް، ނޫސްވެރިޔާ ޕޯޓަލުގައި ރަޖިސްޓަރީވާން އެދޭ ނޫސްވެރިންގެ އައިޑީ ކާޑު ނަންބަރާއި ފުރިހަމަ ނަން ފޮނުވުމުން، އެ ނޫސްވެރިޔާއަކީ ޕީޖީ އޮފީހާ މުޢާމަލާތުކުރާ ނޫސްވެރިއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދެވޭނެ ކަމަށެވެ.

މީގެ އިތުރުން ޕީޖީ ވިދާޅުވީ، މިނިޒާމުގެ ތެރެއިން، މީގެ ކުރިން ކޮށްފައިވާ ސުވާލުތަކާއި، އެ ސުވާލުތަކަށް ދީފައިވާ ޖަވާބުތައްވެސް އަބަދުމެ ފެންނަން ހުންނާނެ ކަމަށާއި، ދެފުށްފެންނަ، ހަރުދަނާ، ދިވެހިރާއްޖެއަށް މުޅިން އައު، ނަމަވެސް، ދުނިޔޭގެ ފެންވަރުގެ ނިޒާމަކަށް ޕީޖީ އޮފީސް ކޮރަސްޕަންޑަންޓްސް ވެގެންދާނެ ކަމުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.