Advertisement

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް --

31 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މަސައްކަތަށް އެނބުރި ނުކުންނަވާނީ މާގަދަކޮށް ކަމުގައި ޕީޖީ ޝަމީމް ވިދާޅުވެއްޖެ

މަގުމަތިން ބަޔަކު ހަމަލާދީ ޒަޚަމްކޮށްލި ނަމަވެސް، އެނބުރި ދެން މަސައްކަތަށް ނުކުންނަވާނީ މާގަދަކޮށް ކަމުގައި، ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ދުވެވަޑައިގެންނެވުމަށް ނުކުމެ އުޅުއްވަނިކޮށް، ހެނދުނު މާލޭ ނޫރު މިސްކިތް ކައިރުން ދެމީހަކު ވަނީ ޝަމީމަށް މަރުތޭލަކުން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އެދެމީހުން ޝަމީމަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ފަހަތުން ފާރަލައިގެން ގޮސްކަމުގައި ވަނީ މައުލޫމާތު ލިބިފައެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، އެހަމަލާގެ ސަބަބުން ވާތުގެ ކަށިގަނޑުގައި ރެނދުއަޅާފައިވާ ކަމަށެވެ. ހަމަލާއަށްފަހު ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު ގެއަށްވަޑައިގެން ސޯޝަލް މީޑިއާގައި ލިޔުއްވި ޕޯސްޓްގައި ޕީޖީ ޝަމީމް ވިދާޅުވީ، އެނބުރި މަސައްކަތަށް ނުކުންނާނީ، މާވަރުގަދަކޮށް ކަމަށާއި، ބައިސްކަލްދުއްވުމާއި، ފެތުމާއި ކަސްރަތުގެ ކަންކަން މާ ހަލުވިކޮށް ކުރިޔަށް ގެންދަވާނެ ކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ނަމަވެސް ޕީޖީ ޙުސައިން ޝަމީމަކީ މިހާތަނަށް އާއްމުންގެ ތެރޭގައި ވަރަށް އާދައިގެ ގޮތަކަށް ދިރިއުޅުއްވަމުން ގެންދެވި ބޭފުޅެކެވެ. އާއްމުކޮށް ފަތިހު ދުވެވަޑައިގަންނަވަން ނުކުންނަވާއިރު، ފެތުމާއި އެނޫންވެސް ކަސްރަތުތަކުގައި އާއްމުކޮށް އާއްމު އެހެން މީހުންނާއި އެކު އެމަނިކުފާނު ބޭރުތެރޭގައި އުޅުއްވައެވެ. މިއަދުގެ ހަމަލާއާ ގުޅިގެން ޕީޖީ ޝަމީމަށްދޭ ސެކިއުރިޓީ ވަނީ މަތިކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.