Advertisement

30 Nov 2023
ޚަބަރު

ނައީމާ މަރާލި މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވަނީ

ނ. މަނަދޫގައި މަރާލާފައި އޮތްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ހުސައިން ޝަމީމު ވިދާޅުވީ ދަޢުވާ ކުރަން ނިންމަވާފައިވަނީ ނ. މަނަދޫ ވިނަރެސް ޙުސައިން ފަވާޒު އާއި، މަނަދޫ ފެހިވިލާގޭ އަހުޒަމް އަބްދުއްޝަކޫރު އާއި، މަނަދޫ ފިނިފެންމާގެ އަބްދުލް ވާހިދު ރިފާސްގެ މައްޗަށް ކަމަށެވެ. މިތިން މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، އަދުލު އިންސާފް ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދަޢުވާއާއި، މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާ ކަމަށް ހުސައިން ޝަމީމު ވިދާޅުވިއެވެ.

ޕީޖީ އޮފީހުގައި ވިދާޅުވީ މިތިން މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް މިއަދުގެ ވަގުތެއްގައި ކްރިމިނަލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި މިމީހުންނާއި ދެކޮޅަށް ހުށަހަޅާ ހެކިތަކާއި، ހުށަހަޅާ ސަބަބުތައް ޝަރީއަތުގެ މަޖިލީހުގައި ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިތިން މީހުންނާ ދެކޮޅަށް ކުރާ ދަޢުވާ ސާބިތުވާ ވަރަށް ސައިންޓިފިކް ހެކިތަކާއި، އޭގެ އިތުރުންވެސް އެހެންކަހަލަ ހެކިތައް ހުރި ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ވިދާޅުވިއެވެ.

މަނަދޫ އަންނާރުމާގެ އުމުރުން 62 އަހަރުގެ ނާއިމާ މޫސާއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އޭޕްރިލްމަހުގެ 6 ވަނަ ދުވަހުގެ ދަންވަރު 1:00އާއި 03:30އާ ދެމެދުގެ ވަގުތެއްގައި ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. ނަޢީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ 2 ހަތިޔާރަކާއި އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު ފުލުހުން ވަނީ ހޯދާފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.