Advertisement

ފުލުހުންގެ މައި އިދާރާ --

03 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި މިހާތަނަށް ޖުމުލަ 7 މީހުން ހައްޔަރުކޮށްފި

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި މިހާތަނަށް ޖުމުލަ 7 މީހުން ހައްޔަރުކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލަ އާއި ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު މީޑިއާއާއި ހިއްޞާކޮށް ފުލުހުން ވިދާޅުވީ، މިހާތަނަށް އެމައްސަލައިގައި ޖުމުލަ 7 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ އެންމެނަކީވެސް ދިވެހި ފިރިހެނުން ކަމަށެވެ. އަދި އެމީހުން ހައްޔަރުކޮށްފައި ވަނީ، ކޯޓު އަމުރުގެ ދަށުން އެކި ދުވަސްމަތިން ކަމަށާއި، އެމީހުންގެ ބަންދާއިމެދު ގޮތް ނިންމުމަށް ކޯޓަށް ހާޟިރު ކުރުމުން ޝަރީޢަތް ނިމެންދެން އެމީހުން ބަންދުގައި ބޭތިއްބުމުގެ އަމުރު ދީފައިވާ ކަމަށެވެ.

މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދީފައި ވަނީ މިޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު ކަސްރަތަށް ނުކުމެ އުޅުއްވަނިކޮށް، މާލޭ ނޫރު މިސްކިތް ކައިރިންނެވެ. 

ޕީޖީ ހުސައިން ޝަމީމަށް ހަމަލާދީފައި ވަނީ ދުރާލައި ރާވައި ފާރަލައިގެން ކަމަށް އެމައްސައިގެ މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.