Advertisement

ޙަސަން މަމްދޫހް - ފޮޓޯ: ސޯޝަލްމީޑިއާ

30 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

މަންޑޭގެ މައްޗަށް 200 ވުރެ ގިނަ ދައުވާ އުފުލޭނެ ކަމުގައި ޕީޖީ ވިދާޅުވެއްޖެ

މަކަރާއި ހީލަތުން އެތައް މިލިޔަން ރުފިޔާއެއް އެތައް ބައެއްގެ އަތުން ހޯދުމުގެ ކުށުގައި، ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 200 ވުރެ ގިނަ ދައުވާ އުފުލޭނެ ކަަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ މިހެން ވިދާޅުވީ، ޕީޖީއިން ކުރިޔަށް ގެންދާ ބައެއް މައްސަލަތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ވިދާޅުވީ، ކޭޕާކު އެޕާޓްމަންޓްތައް ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން މަމްދޫހު އެތައް ބައެއްގެ އަތުން އެތައް މިލިޔަން ރުފިޔާއެއް ހޯދައި އެފައިސާ އަމިއްލަ ބޭނުން ތަކަށް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރުމަށް އަންނަ ހަފްތާގައި ކޯޓަށް ފޮނުވާނެ ކަމަށާއި، ޖުމުލަ 225 ދައުވާއެއް މަންޑޭގެ މައްޗަށް އުފުލޭނެ ކަމުގައި ޕީޖީ ވިދާޅުވިއެވެ.

މަންޑޭގެ މައްޗަށް އުފުލާ މައިގަނޑު ދައުވާތަކުގެ ތެރޭގައި ، ސައްޙަ ނޫން ލިޔެކިޔުން އުފެއްދުމާއި، އޮޅުވާލުމާއި، ޓެކުމާއި އަދި މަނީލޯންޑަރިންގެ ކުށެވެ. ޕީޖީ ވިދާޅުވާ ގޮތުގައި މަންޑޭ ހިންގާފައިވާ ކުށުގެ އަމަލުކަށް ކުރުމަށް ކަނޑައަޅާފައިވަނީ ވަކިވަކި ދަޢުވާތެކެވެ. ތަޙްޤީޤާއި ގުޅޭ މައުލޫމާތު ހާމަކުރައްވަމުން ޕީޖީ ވިދާޅުވީ، ކޭޕާކުގެ އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކާފައިވާ ކަމަށެވެ. މިގޮތުން ކޭޕާޚުގެ 41 އެޕާޓްމަންޓް ޖުމުލަ، 107 މީހުންނަށް ވިއްކާފައިވާ ކަމުގައި ތަޙްޤީޤުތަކުން އެނގޭކަމުގައިވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.

މަންޑޭގެ މައްޗަށް ކުރެވުނު ތުހުމަތު ތަކާއި ގުޅިގެން ފުލުހުން ހިންގި ތަހުޤީޤުތަކަށް ފަހު އޭނާގެ މުދަލާއި ބައެއް ތަކެތި ވަނީ ހިފަހައްޓާފައެވެ.

ހަސަން މަމްދޫހު (މަންޑޭ) އަކީ، ކޭ-ޕާކު ރެސިޑެންސްގެ އެޕާޓްމަންޓުތައް ހަދާކުންފުނި، ހަންބޯ މޯލްޑިވްސްގެ މައިނޯރިޓީ ޙިއްޞާ ދާރެވެ. އޭނާ އެކުންފުނީގެ ސްކޭމް ހިންގާފައި ވަނީ، ކުންފުނީގެ އެހެން ޙިއްޞާދާރުންނަށްވެސް އޮޅުވާލައިގެންކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.