Advertisement

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު -- ފޮޓޯ: ޕޮލިސް

01 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީޖީ ޝަމީމަށް ހަމަލާދިން އިރު ސެކިއުރިޓީ ދިނުން އޮތީ ހުއްޓާލާފައި - ފުލުހުން

ޕްރޮސެކިއުޓަރ ޙުސައިން ޝަމީމަށް އިއްޔެ މޫނު ނިވާކޮށްގެން ތިބި ބަޔަކު މަރުތޭލަކުން ހަމަލާދިން އިރު އެމަނިކުފާނަށް ސެކިއުރިޓީ ދިނުން އޮތީ ހުއްޓާލާފައި ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްެޖެއެވެ.

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފައިވާކަން މީޑިއާއަށް ހާމަކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީޕީ ޝުޖާއު ވިދާޅުވީ، ކޯޓުގައި ހިނގަމުންދިޔަ މައްސަލައަކާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ކުރިން ސެކިއުރިޓީ ދެމުން ދިޔަ ކަމަށާއި އެހެން ނަމަވެސް ނުރައްކަލެއް ނެތުމުން ފަހުން އޮތީ ސެކިއުރިޓީ ދިނުން މެދުކަނޑާލާފައި ކަމަށެވެ.

އިއްޔެ ނޫރު މިސްކިތް ކައިރިން ޕީޖީ ޝަމީމަށް މޫނު ނިވާކޮށްގެން ގޮސް ބަޔަކު ހަމަލާދިން އިރު، އެފަދަ ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޓަލިޖެންސް މައުލޫމާތެއް ފުލުހުންނަށް ލިބިފައި ނެތްކަންވެސް ސީޕީ ފާހަގަކުރެއްވިއެވެ. ސީޕީ ޝުޖާއު ވިދާޅުވީ، ދައުލަތުގެ އިސްވެރިންނަށް ނުރައްކާތައް އޮތް މިންވަރު ބަލައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށާއި، ޕީޖީ ޝަމީމަށްވެސް މިހާރު ސެކިއުރިޓީ ދޭން ފަށާފައިވާކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަކީ، އެމަޤާމުގައި ހުންނެވި ނަމަވެސް އާއްމުންގެ ތެރޭގައި ވަރަށް އާދައިގެ ގޮތެއްގައި ދިރިއުޅުންވަމުން ގެންދެވި ސާދާ ބޭފުޅެކެވެ. ފެތުމަށް ޓްރެކަށް ވަޑައިގެންނެވުމާއި، ކަސްރަތަށް މާލޭގެ މަގުމައްޗަށް ނުކުމެވަޑައިގެން އާއްމުންގެ ތެރޭގައި އާދައިގެ އެހެން މީހުންނެކޭ އެއްގޮތަށް އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.