Advertisement

08 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މިއަދު ބާއްވައިފިއެވެ.

މިއަދު ބޭއްވި ކޮންގްރެސްގެ ފުރަތަމަ ޖަލްސާއަށް ކޯރަމް ހަމަވެފައެއް ނުވެއެވެ. އެ ޖަލްސާގެ ކޯރަމް ހަމަކުރުމަށް 13 ކްލަބަކުން ހާޒިރުވާން ޖެހޭއިރު، ހާޒިރުވެފައިވަނީ 9 ކްލަބަކުންނެވެ

މިކަމާ ގުޅިގެން އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ، ކޮންގްރެސްގެ ފުރަތަމަ ޖަލްސާގައި ކޯރަމް ހަމަނުވުމުން، އަސާސީ ގަވާއިދުގެ ދަށުން ދެވަނަ ޖަލްސާއެއް 24 ގަޑިއިރުތެރޭގައި ބޭއްވޭނެ ކަމަށެވެ. އެ ޖަލްސާގައި ކޯރަމް ހަމަވުން ލާޒިމު ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އޭގެ 15 މިނެޓުފަހުން އިތުރު ކޮންގްރެސްއެއް ބާއްވައި، އެފްއޭއެމްގެ ކޮމެޓީތައް ވަނީ ފާސްކޮށްފައެވެ.

މިއަދު ބޭއްވި ކޮންގްރެސްގައި އެފްއޭއެމްގެ އިލެކްޓޯރަލް ކޮމެޓީއާއި، އިލެކްޓޯރަލް އެޕީލް ކޮމެޓީ އަލުން އެކުލަވާލުމާއި، އެފްއޭއެމްއާ ގުޅޭ މައްސަލަތައް ބެލުމަށް ހާއްސަކޮށް އުފައްދާފައިވާ ޑިސިޕްލިނަރީ ކޮމެޓީ އަދި އެތިކްސް ކޮމެޓީ ވަނީ އެކުލަވާލާފައެވެ.

އެފްއޭއެމް އިދާރީ ގޮތުން ހިންގުމުގައި ހުންނަންޖެހޭކަމަށް އަސާސީ ގަވާއިދުގައި ލާޒިމްކުރާ ކޮމެޓީތައް ނެތްކަން ފާހަގަވީ އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލާފައިވާ އެ އިދާރާގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ޠާރިގު (ޓޮމް)ގެ ކެނޑިޑެސީ ސައްހަ ނޫންކަމަށް އެފްއޭއެމްގެ އިލެކްޓޯރަލް ކޮމެޓީއިން ނިންމުމުން، މި ނިންމުން އަލުން ދިރާސާ ކުރުމަށް ހުށަހެޅުމުންނެވެ. މި މައްސަލަ ކުރިޔަށް ނުދިޔައީ އެފްއޭއެމްގެ އިލެކްޓޯރަލް ކޮމެޓީއެއް ނެތުމުންނެވެ.

އެފްއޭއެމްގެ ރައީސް ހޮވުމަށް މިދިޔަ ޖެނުއަރީ މަހުގެ 31 ގައި ބޭއްވުމަށް މަސައްކަތްކުރި އިންތިހާބުގެ ކަންތައްތަކުގައި ބޮޑެތި މައްސަލަތައް ކުރިމަތިވެ، އަދި އެ މައްސަލަތައް ބަލާ އެކަންކަމަށް ހައްލު ހޯދުމަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތައް ހައްލު ކުރެވޭނެ މަގެއް ހޯދުމަށް އެފްއޭއެމް އޮތީ ނުކުޅެދިފައެވެ. އެގޮތުން އެފްއޭއެމް އިދާރީ ގޮތުން ހިންގުމުގައި ހުންނަންޖެހޭކަމަށް އަސާސީ ގަވާއިދުގައި ލާޒިމްކުރާ ކޮމެޓީތައް އެކުލަވާލުމާއި، އުސޫލާ ޚިލާފަށް ބައެއް ކޮމެޓީތައް އެކުލަވާލާފައިވާތީ އެކަން އިސްލާހު ކުރުމާއި އަދި ބައެއް ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާ ދިނުމުގެ ސަބަބުން ކޮމެޓީތައް ހަރަކާތްތެރިވުމަށް ކުރިމަތިވެފައިވާ އިދާރީ ގޮންޖެހުންތައް ހައްލުކުރުމަށް، މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބުން ހިށަހެޅީ މިދިޔަ މަހުގެ މެދުތެރޭގައެވެ


ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.