Advertisement

އަހުމަދު ޠާރިގު (ޓޮމް) ކެނޑިޑެސީ ފޯމު ހުށަހަޅުއްވަނީ

31 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

އިދިކޮޅު ކެނޑިޑޭޓު ހުށަހަޅާފައިވާ ވެލެންސިއާގެ ތާއީދު ސިޓީއާ ގުޅިގެން ޓޮމްގެ ސީރިއަސް ތުހުމަތުތަކެއް

2024 ޖެނުއަރީ 31 ގައި ބޭއްވުމަށް ކުރިން ތައްޔާރުވަމުން ދިޔަ ނަމަވެސް، ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލުގެ އެންގުމަށް މިހާރު މަޑުޖައްސާލާފައިވާ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބުގައި ވާދަކުރުމަށް އެދި، ކްލަބް އީގަލްސްގެ ސީއީއޯ އަދި މި ދައުރުގެ އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލުގެ އެކްސްކޯ މެންބަރު، މުފާވިޒު ހާޝިމު (މުފާ) ހުށަހަޅާފައިވާ ވެލެންސިއާގެ ތާއީދު ސިޓީއާ ގުޅިގެން، މި އިންތިހާބުގައި ދެން ވާދަކުރާ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހްމަދު ޠާރިގު (ޓޮމް)، ސީރިއަސް ތުހުމަތުތަކެއް ކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި އަހްމަދު ޠާރިގު (ޓޮމް) ހިއްސާކޮށްފައިވާ ޕޯސްޓުގެ ސްކްރީން ޝޮޓެއް

ސޯޝަލް މީޑީއާގައި ޓޮމް ހިއްސާކުރައްވާފައިވާ ގޮތުގައި، އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް، މުފާ ހުށަހަޅުއްވާފައިވާ ކްލަބް ވެލެންސިއާގެ ތާއީދު ސިޓީއަކީ ފޯޖުކޮށްފައިވާ ސިޓީއެކެވެ. އެހެންކަމުން، ކްލަބް ވެލެންސިއާއިން އެންޑޯޒްކޮށްފައިވާ ކެނޑިޑޭޓު ސާފުކޮށްދިނުމަށް، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީއަށް ކްލަބް ވެލެންސިއާއިން މިއަދު ވަނީ ސިޓީއެއް ފޮނުވާފައެވެ.

ކުލަބު ވެލެންސިޔާގެ ލިޔުމެއްކަމަށް ދެއްކުމަށް ސޮއިކުރުމުގައި އެކުލަބެ ބައެއް ބޯޑު މެންބަރުން އަށް ބިރުދައްކައިގެ ފަތިސްގަޑީގައި ސޮއި ހޯދިކަމުގެ މައުލޫމާތު ލިބިފައިވާތީ އެ މައްސަލަޔާއި ވެލެންސިޔާގެ ލިޔުމެއް ފޯޖްކުރި މައްސަލަ ތަޙްޤީޤްކޮށް ދިނުމަށް ފުލުހަށް ހުށަހަޅާނަން.

ސޯޝަލް މީޑިއާގައި ޓޮމް ހިއްސާކުރެއްވި ޕޯސްޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ފުޓުބޯޅަ އެސޯސިއޭޝަނަށް އަރާފައިވާ ވިގަނީގެ ކަންކަން ނުނިމެނީސް މި މަސައްކަތް ހުއްޓާނުލާނެކަމަށް ވެސް، އެ ޕޯސްޓުގައި ޓޮމް ވިދާޅުވެފައިވެއެވެ.

ކްލަބް ވެލެންސިއާއިން އެފްއޭއެމްގެ އިލެކްޓޯރަލް ކޮމެޓީއަށް ފޮނުވި ސިޓީގައިވާގޮތުން، އެފްއޭއެމްގެ ރައީސަކަށް ގެނައުމަށް އެ ކްލަބުން ތާއީދުކުރަނީ ޓޮމް އަށެވެ. އަދި އެ ކްލަބުން މި ގޮތަށް ނިންމީ، މި މަގާމަށް އެންމެ ގާބިލް ބޭފުޅަކީ ޓޮމްކަމަށްވެފައި، ފުޓުބޯޅަ ކުރިއެރުވުމަށް އެކަށޭނަ މަސައްކަތްތަކެއް ކުރެވޭނެ ބޭފުޅަކީ ވެސް ޓޮމްކަމަށް އެ ކްލަބުން ގަބޫލު ކުރާތީ ކަމުގައި އެ ސިޓީގައި ވެއެވެ.

We would like to assert that Club Valencia did, indeed, provide a support letter to Mr. Ahmed Thariq for his candidacy for the FAM Presidency. This support was extended in accordance with our belief in his capabilities and commitment to the development of football in the Maldives

ކްލަބް ވެލެންސިއާ އިން ފޮނުވި ސިޓީގައި ވެއެވެ.

އަދި ކްލަބުގެ ޗެއާމަން އަބްދުﷲ އަޒްމީން ސޮއިކޮށް ފޮނުވާފައިވާ މި ސިޓީއަކީ ސީދާ ކްލަބުގެ ނިންމުންކަން ހާމަ ކުރުމުގެ ގޮތުން، އަޒްމީންއަކީ ކްލަބުގެ ޗެއާމަންކަމަށް ޔަގީންކޮށްދިނުމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް ދީފައިވާ ލިޔުމެއް ވެސް އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީއަށް ހުށަހަޅާފައިވެއެވެ.

އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލާން ކެންޑިޑެސީ ހުށަހަޅާއިރު، ފުރަތަމަ ޑިވިޝަނުގެ ތިން ޓީމެއްގެ ތާއީދު އޮތްކަން ކަށަވަރުކުރަން ޖެހެއެވެ. އެގޮތުން މި އިންތިހާބަށް ކުރިމަތިލާފައިވާ ދެ ކެނޑިޑޭޓުން ވެސް، ވެލެންސިއާގެ ތާއީދު ސިޓީ ވަނީ ހުށަހަޅާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.