Advertisement

އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލެއްވި ޠާރިގު (ކ) ފޯމު ހުށަހެޅިއިރު، ވެލެންސިއާގެ އާ ޗެއާމަން އަބްދުﷲ އަޒްމީން (ވ) އޭނާގެ އަރިހުގައި

04 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އަޒްމީނަށް ނޭންގި އޭނާ ޗެއާމަންކަމުން އިސްތިއުފާ ދިންކަމަށް ބުނާ މައްސަލަ ޕޮލިހަށް ހުށަހަޅައިފި

އެފްއޭއެމްގެ ރައީސަކު އިންތިހާބު ކުރުމަށް ބާއްވަން އުޅޭ އިންތިހާބުގައި ވާދަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހްމަދު ޠާރިގު (ޓޮމް)، ހުށަހަޅާފައިވާ ކްލަބް ވެލެންސިއާގެ ތާއީދު ސިޓީގައި ސޮއިކޮށްފައިވާ އެ ކްލަބުގެ ޗެއާމަން، އަބްދުﷲ އަޒްމީން، އިންތިއުފާ ދިންކަމަށް ބުނެ އެ ކްލަބުގެ ރަސްމީ އީމެއިލުން ފޮނުވާފައިވާ ސިޓީގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

ކްލަބް ވެލެންސިއާގެ ރަސްމީ އީމެއިލުން އަޒްމީން އިސްތިއުފާ ދިންކަމަށް ބުނެ އީމެއިލްކޮށްފައިވަނީ 26 ޑިސެމްބަރ 2026 ވަނަ ދުވަހުގެ ރޭގަނޑުއެވެ. އަދި ޠާރިގުއަށް ކްލަބް ވެލެންސިއާއިން ދީފައިވާ ތާއީދު ސިޓީގައި އަޒްމީން ސޮއިކޮށްފައިވަނީ، ޖެހިގެން އައި ޑިސެމްބަރ 27 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ފޯނު މެދުވެރިކޮށް "ނޫން" އަށް ދިން އިންޓަވިއުއެއްގައި އަޒްމީން ވިދާޅުވީ، އޭނާ ކްލަބް ވެލެންސިއާގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ދީފައި ނުވާނެކަމަށެވެ. އެހެންކަމުން، އޭނާ އިސްތިއުފާ ދިންކަމަށް ބުނެ އެފްއޭއެމްއަށް ފޮނުވާފައިވާ ސައްހަ ނޫން ސިޓީގެ މައްސަލަ ތަހުގީގު ކުރުމަށް، ކްލަބް ވެލެންސިއާއިން ޕޮލިހަށް ހުށަހަޅާފައިވާކަމަށް އޭނާ "ނޫން" އަށް ކަށަވަރުކޮށްދިނެވެ.

އަޒްމީން އިތުރަށް ވިދާޅުވީ، ތާއީދު ސިޓީގެ ކަންތައް ގަޑުބަޑުކޮށްގެން އުޅެނީ ކްލަބު މެނޭޖުމެންޓުގައި ހިލާފުވުންތަކެއް އުޅޭތީ ނޫންކަމާއި، ކްލަބް ވެލެންސިއާއިން ތާއީދު ކުރާ ކެނޑިޑޭޓު، ޠާރިގު، ނޫން ގޮތެއް ބޭނުން ވެގެން އުޅެނީ، އެ ކްލަބަށް އެކި ގޮތްގޮތުން އެހީތެރިވެދީފައިވާ ބޭފުޅެއް ކަމަށެވެ.

އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލާން ކެންޑިޑެސީ ހުށަހަޅާއިރު، ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބެއްގެ ތާއީދު އޮތްކަން ކަށަވަރުކުރަން ޖެހެއެވެ. އެގޮތުން މި އިންތިހާބަށް ކުރިމަތިލާފައިވާ ދެ ކެނޑިޑޭޓުން ވެސް ވަނީ ކްލަބް ވެލެންސިއާގެ ތާއީދު ސިޓީ ހުށަހަޅާފައެވެ.

މި އިންތިހާބުގައި ޠާރިގުގެ އިތުރުން ދެން ވާދަކުރަނީ ކްލަބް އީގަލްސްގެ ސީއީއޯ މުފާވިޒު ހާޝިމު (މުފާ) އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.