Advertisement

ބައްސާމް ޢަދީލު ޖަލީލު --

07 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ބައްސާމާއި އާއިލާ ފުލެޓުން ނެރުން ފަސްކުރީ އިންސާނިއްޔަތަށްޓަކައި ކަމަށް ފުލުހުން ވިދާޅުވެއްޖެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުން ފަސްކުރީ، އިންސާނިއްޔަތަށްޓަކައި ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ހުސްވި މަހުގެ 28 ވަނަ ދުވަހު ކޯޓުންވަނީ، އާދީއްތަ ދުވަހުގެ ކުރިން އެ ދެފްލެޓް ފުލުހުންނާއި ހަވާލުކުރުމަށް އަންގައި އަމުރުކޮށްފައެވެ. އެ ދެފްލެޓަކީ، އެފްއޭއެމަށް ފީފާއިން ދީފައިވާ 1.9 މިލިއަން ޑޮލުގެ ތެރެއިން 1 މިިލިއަން ޑޮލަރު ވަގަށް ނަގައި، އެފައިސާ ބޭނުންކޮށްގެން ބައްސާމް ގަތް ކަމަށް ތުހުމަތު ކުރެވިފައިވާ ފްލެޓްތަކެކެވެ. އެ ދެ ފްލެޓްގައި ދިރިއުޅެމުން އަންނީ ބައްސާމާއި އޭނާއެ އާއިލާއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ ފްލެޓްތަކުން ނުކުމެ އާއިލާ އާއިއެކު ދިރިއުޅޭނެތަނެއް ނެތުމާއި އެކު، ފްލެޓްތައް ހަވާލުކުރުން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފަސްކޮށްދިނުމަށް އެދި ބައްސާމުގެ ފަރާތުން ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

"ފުލުހުންގެ މައްޗަށް ކޯޓުންކޮށްފައިވާ އަމުރުގައި،އިންސާނީ ކަރާމާތައް ހުރުމަތްތެރިކޮށް ހިތުމަށް އަމުރުކޮށްފައިވޭ. އެޕާޓްމެންޓްތަކަކީ، ބޮޑެތި މީހުންނާ އަދި ކުޑަކުދިންވެސް ދިރިއުޅެމުންދާ އެޕާޓްމެންޓްތަކަކަށް ވާތީ، ޙާލަތަށް ރިޢާަޔަތްކުރުމުގައި، އެކަންކަމަށް ބަލާފައިވާނެ"

ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖު.

މި އެޕާޓްމަންޓްތަކަކީ، ބައްސާމް ހުޅުމާލެ އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓެވެ. އެއީ ޕެންޓްހައުސްއެއް ގޮތަށް ހުރި ލަގްޒަރީ އެޕާޓްމެންޓްތަކެކެވެ. އެ އެޕާޓްމަންޓްތައް ބައްސާމް ގަނެފައި ވަނީ، ފީފާއިން އެފްއޭއެމްއަށް ދިން ކޯވިޑް ލޯނުގެ 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު ބޭނުންކޮށްގެންނެވެ. އަދި އެ އެޕާޓްމަންޓްތައް ބައްސާމް ގަނެފައި ވަނީ، 2021 ވަނަ އަހަރުގެ ތެރޭގައެވެ.

ދައުލަތުން ވަނީ ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންނާއި ޚިޔާނާތުގެ ދައުވާތައް އުފުލާފައެވެ. އަދި އެ ދައުވާތަކާއި ގުޅިގެން ބައްސާމުގެ ޕާސްޕޯޓުވެސް އޮތީ ހިފަހައްޓާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.