Advertisement

28 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

އެފްއޭއެމް އިންތިހާބު ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް އަންގައިފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސަކު ހޮވުމަށް މި އަންނަ ޖެނުއަރީ 31 ގައި ބޭއްވުމަށް ނިންމާފައިވާ އިންތިހާބުގެ ކަންތައްތައް ކުރިޔަށް ނުގެންގޮސް ހުއްޓާލުމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ތޮލާލް އެ އެސޯސިއޭޝަނަށް މިއަދު އަންގައިފިއެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސް މިގޮތަށް އެންގެވީ، އެފްއޭއެމްގެ ހިންގާ ކޮމެޓީގެ އިންތިހާބު އިއުލާންކޮށްފައިވާ ތާރީހާއި، އެ ކޮމެޓީގެ މި ހިނގަމުންދާ ދައުރުގައި ހިމެނޭ މެމްބަރުން އިސްތިއުފާ ދީފައިވާ ތާރީހުތަކުގައި ސުވާލު އުފެދޭކަންތައްތަކެއް ހުރުމުންނާއި، މި އިންތިހާބާއި ގުޅިގެން ކޮމިޝަނަރ އޮފް ސްޕޯޓްސް އެ އިދާރާއަށް ސިޓީފުޅެއް ފޮނުއްވާފާވާއިރު އެ ސިޓީގައި އެދިލައްވާފައިވާ މައުލޫމާތު ހިއްސާކޮށްފައި ނުވުމާއި އަދި އެސޯސިއޭޝަންގެ ހިންގާ ގަވާއިދާއި ހިލާފަށް ކަންތައްތައް ކުރިޔަށްދާތީކަމުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް އާންމުކޮށްފައިވާ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އިންތިހާބާ ގުޅޭ ކަންކަން މިހެން ހުރުމާއިއެކު، ސްޕޯޓްސް ކޮމިޝަނަރ ނިންމަވާފައިވަނީ މިކަމާ ގުޅިގެން ފީފާ، އޭއެފްސީ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއާ މަޝްވަރާކޮށް، އިންތިހާބު ބޭއްވުމުގެ ކުރިން އެ ފަރާތްތަކުގެ ލަފާ ހޯދުމަށެވެ.

އެފްއޭއެމްގެ އިންތިހާބާ ގުޅޭ ކަންކަން އޮޅުންފިލުވުމަށް ކޮމިޝަނަރ ފޮނުވާފައިވާ ސިޓީގައި، އިންތިހާބާ ގުޅިގެން ނިންމި ނިންމުންތަކުގެ ތަފްސީލާއި، އެފްއޭއެމްގައި މި ވަގުތު އޮތް ހިންގާ ކޮމިޓީގެ ބާކީ އޮތް މުއްދަތު ހަމަވާން ގިނަ ދުވަސްތަކެއް އޮއްވައި އަވަހަށް އިންތިހާބެއް ބާއްވަން އެފްއޭއެމް ހިންގާ ކޮމިޓީން ނިންމި ސަބަބާއި، އިންތިހާބު އަވަހަށް ބާއްވަން ނިންމި ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާއާއި، ޔައުމިއްޔާ އަދި އެ ބައްދަލުވުމުގެ ހާޒިރީގެ އިތުރުން އެފްއޭއެމްގެ ދާއިމީ މެމްބަރުންގެ ލިސްޓު ސާފުކޮށްދިނުމަށް އެދިފައިވެއެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިއްޔެގެ 2 ޖެހުމާއި ހަމައަށް ހުޅުވާލާފައި އޮތެވެ. މި މަގާމަށް ކުރިމަތިލާފައިވަނީ އެ އިދާރާގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހްމަދު ތޯރިގު (ޓޮމް) އާއި ކްލަބް އީގަލްސްގެ ސީއީއޯ އަދި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އެކްސްކޯ މެންބަރު މުފާވިޒު ހާޝިމު (މުފާ)އެވެ.

ޓޮމްގެ ޓީމުގައި ހިމެނެނީ ނައިބު ރައީސަކަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު، އިމްރާން މުހައްމަދު، މާޒިޔާގެ ސީއީއޯ އަދި ބައްސާމްގެ ދެ ވަނަ ދައުރުގެ އެކްސްކޯގައި މަސައްކަތް ކުރި، ހުސައިން ޝާފިއު، މެމްބަރުންގެ ގޮތުގައި، އެފްއޭއެމް އިންޓަރިމް ރައީސް އަހުމަދު ޝާހިރު އަދި އެފްއޭއެމްގެ ކުރީގެ ޖެރެނަލް ސެކްރެޓަރީ، އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ)އެވެ.

މުފާގެ އެކްސްކޯގެ އެއް ނައިބު ރައީސަކީ މުއާވިޔަތެވެ. ސީނިއާ ނައިބު ރައީސް އަކީ ބުރު ސްޕޯޓްސްގެ މުހައްމަދު އަހްސަންއެވެ. އެކްސްކޯގައި ދެން ހިމެނެނީ ބުރުގެ މެނޭޖަރު އަރުޝަދު އަޝްރަފު، ދެވަނަ ޑިވިޝަނުގައި ވާދަކުރާ ކުޑަ ހެންވޭރު ޓީމު އަދި ކުރީގެ ގައުމީ ޓީމުގެ ފޯވާޑް ހަސަން އަދުހަމް (ސަޑޭ) އާއި ކުރީގެ ޑިފެންޑަރު އަދި ޔުނައިޓެޑް ވިކްޓަރީގެ ރައީސް އިސްމާއީލް ޝަފީއު އާއި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރްޔަމް މިރްފަތު އަދި ބުރުގެ މުހައްމަދު ހަސަންއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.