Advertisement

08 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ފުޓުބޯޅައިގެ ހަރަކާތްތަކުން ކްލަބް ވެލެންސިއާ ސަސްޕެންޑުކޮށްފި

ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ކްލަބް ވެލެންސިއާ ސަސްޕެންޑު ކުރުމަށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)  އިން ނިންމައި، ބުރާސްފަތި ދުވަހު އެކަން އެ ކްލަބަށް އަންގައިފިއެވެ.

ކްލަބް ވެލެންސިއާ ސަސްޕެންޑުކުރި ސަބަބެއް ކަމުގައި އެފްއޭއެމްއިން ބުނެފައިވަނީ، އެ ކްލަބުގެ ބޯޑުން ހަސަން ވަހީދު (ދޮނާ) ވަކިކުރުމުގައި ގަވާއިދާއި ޚިލާފަށް އަމަލުކޮށްފައިވުމެވެ. މިހެންކަމުން، އެފްއޭމްއިން ކްލަބް ވެލެންސިއާ ސަސްޕެންޑު ކޮށްފައިވަނީ، އެ ކްލަބުގެ އާ ބޯޑު އިންތިހާބު ކުރެވެންދެން ކަމުގައި ބުނެފައިވެއެވެ.

"އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑްގެ 59 ވަނަ މާއްދާއަށް ރިއާޔަތްކޮށް 61 ވަނަ މާއްދާ މި މައްސަލަ އަށް ތަތުބީގްކޮށް [ހަމަޖައްސައި] ކްލަބް ވެލެންސިއާގެ އޭޖީއެމް އަދި ހިންގާ ކޮމިޓީގެ އިންތިހާބު ކްލަބް ވެލެންސިއާގެ ހިންގާ ގަވާއިދާއި އެފްއޭއެމްގެ އަސާސީ ގަވާއިދު އަދި އިލެކްޓޯރަލް ކޯޑާއި އެއްގޮއްވާ ގޮތުގެމަތިން ބާއްވައި އެފްއޭއެމް އަށް ވިލަރެސް ކުރެވޭހެން ވެލެންސިއާގެ ހިންގާ ކޮމިޓީ ސައްހަ ގޮތުގައި އަލުން އިންތިހާބުކޮށް ނިމެންދެން ކްލަބް ވެލެންސިއާ ފުޓްބޯޅައިގެ އެންމެހައި ކަންކަމުން ސަސްޕެންޑް ކޮށްފީމެވެ،"

ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަން އަލީ ޝާހް ކްލަބް ވެލެންސިއާ އަށް ފޮނުވި އެންގުމުގައި ވެއެވެ.

ވެލެންސިއާގެ މައްސަލަތައް ބޮޑުވެފައިވަނީ، އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި ދެ ކެނޑިޑޭޓުންގެ އަތުގައި ވެސް އެ ކްލަބުގެ ތާއީދު ސިޓީ އޮތުމުންނެވެ. އަދި ޖެނުއަރީ 31 ގައި ބޭއްވުމަށް މަސައްކަތްކުރި އެފްއޭއެމް އިންތިހާބު ފަސްކުރަން ޖެހުނު އެއް ސަބަބަކީ ވެސް މި މައްސަލަ ފެންމަތިވުމެވެ.

އޭރު އެފްއޭއެމް އިން ނިންމީ ވެލެންސިއާގެ ތާއިދު ސިޓީ ކެންސަލް ކުރުމަށެވެ. ފުރަތަމަ ޑިވިޝަނުގެ 3 ޓީމެއްގެ ތާއީދު ކޮންމެ ކެނޑިޑޭޓަކަށް އޮންނަން ޖެހޭއިރު، އެފްއޭއެމްއިން މިގޮތަށް ނިންމުމުން، އަހުމަދު ތޯރިގު (ޓޮމް) ގެ ކެނޑިޑެންސީ ބާތިލްވިއެވެ. އެ މައްސަލަ ތޯރިގު އެޕީލް ކުރިއިރު، އިލެކްޓޯރަލް ކޯޑުގައިވާ ގޮތަށް އިލެކްޓޯރިއަލް ކޮމިޓީ އާއި އިލެކްޓޯރިއަލް އެޕީލް ކޮމިޓީ އުފައްދާފައިނުވާތީ، ފީފާ އާއި އޭއެފްސީން އެންގީ އިންތިހާބު ކެންސަލްކުރުމަށެވެ.

ނަމަވެސް ފީފާ އާއި އޭއެފްސީގެ ލަފާގެ މަތިން، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވައި، އެ އެސޯސިއޭޝަންގެ ކޮމެޓީތައް ވަނީ މިހާރު އެކުލަވާލާފައެވެ. މި ކޮންގްރެސްގައި ވެލެންސިއާ ބައިވެރިވެފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.