Advertisement

ބުދަ ދުހުވަހުގެ ޕްރެސްގައި ނޯމަލައިޒިން ކޮމެޓީގެ ޗެއާ އަހުމަދު ޒުހޫރު، ފޮޓޯ: އަދަދު

19 Sep 2024
ކުޅިވަރު

ކުލަބުތަކުގެ މާލީ ހާލަތު ދަށްވެފައިވުމާއި އެފްއޭއެމްގެ ބައެއް ކޮމެޓީތައް ހުސްކަމުން، ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށޭނެ ދުވަހެއް އަދި ބުނެދޭން ނޭނގޭކަމަށް ނޯމަލައިޒިން ކޮމެޓީއިން ބުނެފި

ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށޭނެ ވަކި ތާރީހެއް އަދި ބުނެދެވޭން ނެތްކަމަށް، ވަގުތީ ގޮތުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) ހިންގުމާއި ހަވާލުވެފައިވާ ނޯމަލައިޒިން ކޮމެޓީއިން ހާމަކޮށްފިއެވެ.

ނޯމަލައިޒިން ކޮމެޓީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެފައިވަނީ، ކުލަބުތަކުގެ މާލީ ހާލަތު ދަށްވެފައިވުމާއި ސްޓެޓިއުޓްސްގައި ހުރި ބައެއް ކޮމިޓީތައް މިވަގުތު ހުސްވެފައިވުމުގެ ސަބަބުން، ސީޒަން ފެށުމަށް ގިނަ ދުވަސް ހޭދަވާނެ ކަމަށެވެ.

"މި ވަގުތު ވަކި ތާރީހެއް ދެންނެވެން ނެތް ސަބަބަކީ ނޯމަލައިޒިން ޕްރޮސަސް ފެއްޓިފައި މި ވަނީ. ފެއްޓިފައިވާއިރު، ސީޒަނެއް ފައްޓަން ބެލިޔަސް މި ވަގުތު ސްޓެޓިއުޓްސްގައި ހުރި ބައެއް ކޮމިޓީސްތަކަކީ މި ވަގުތު ހުސްވެފައިވާ ކޮމިޓީސްތައް އެ ކޮމިޓީސްތައް އެކުލަވާނުލެވި ފައްޓައިގަނެވޭކަށެއް ވެސް ނެތް،"

ސީޒަން ފެށޭނެ ދުވަހާ ގުޅިގެން ވާހަކަ ދައްކަމުން ނޯމަލައިޒިން ކޮމެޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވިއެވެ.

ކުލަބުތަކުގެ މާލީ ހާލަތު ރަގަޅު ކުރުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ 2017 ވަނަ އަހަރު، ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ކޮންމެ ސީޒަނަކަށް ތިން މިލިއަން ރުފިޔާ ދޭން ފަށާފައެވެ. ނަމަވެސް 2018 ވަނަ އަހަރު އެކަން ވަނީ ސަރުކާރުން ހުއްޓާލާފައެވެ.

އަދި ސަރުކާރުން ކުލަބްތަކަށް ފައިސާ ދިނުން ހުއްޓާލުމާ ގުޅިގެން ކޮންމެ ސީޒަނަކު ކްލަބްތަކަށް ހަމަ އެ އަދަދަށް ފައިސާ ދޭން އެފްއޭއެމް އިން ނިންމިއެވެ. ނަމަވެސް، އެފްއޭއެމްއިން ކްލަބުތަކަށް ބަރާބަރަށް މި ފައިސާ ނުދޭތީ އެ ޝަކުވާ ކްލަބުތަކުން ވަނީ އުފުލާފައެވެ.

އެފްއޭއެމްއިން ކްލަބުތައް ހިންގުމަށް ފައިސާ ދޫކުރި ނަމަވެސް، އެކަން ކުރަމުން ދިޔަ އުސޫލެއް އެންގެން ނެތްކަމަށް ޒުހޫރު ވަނީ ހާމަކުރައްވާފައެވެ. އަދި އެއީ އެފްއޭއެމްގެ މެންޑޭޓުގައި ވެސް ހިމެނޭ ކަމެއް ނޫންކަމަށް ޒުހޫރު ވިދާޅުވިއެވެ.

"ކްލަބް ހިންގާކަށް އެއްވެސް ހާލަތެއްގައި އެފްއޭއެމް އަކަށް ފައިސާ ދިނުމުގެ މެންޑޭޓެއް ނެތް. ހަމަ އެއާ އެކީގައި ކުޅުންތެރިން ހަޔާ ކުރުމަށް ވެސް އެފްއޭއެމް އަށް ފައިސާ ދިނުމުގެ މެންޑޭޓެއް، އެފްއޭއެމް އަކު ނެތް. އަދި ފީފާ/އޭއެފްސީގައި ވެސް ތި ސުވާލުކުރިން. އެ ބޭފުޅުން ވިދާޅުވަނީ، އެފްއޭއެމް އަކީ އެއްވެސް ގޮތަކަށް، ކްލަބްތަކަށް ފައިސާ ދީގެން ކްލަބްތައް ހިންގުމުގެ މަސްއޫލިއްޔަތު އޮތްބައެއް ނޫނޭ،"

އެފްއޭއެމްއިން ކްލަބުތަކަށް ފައިސާ ދޫކުރުމާ ގުޅޭ ގޮތުން ޒުހޫރު ވިދާޅުވިއެވެ.

ނަމަވެސް، ކްލަބުތަކަށް އެފްއޭއެމްއިން ފައިސާ ދޫކުރަމުން އައީ އެއްވެސް ފަރާތެއްގެ އެހީތެރިކަމާއެކުކަން އެނގި، އަދި އެ ފަރާތުން ކްލަބުތަކަށް ފައިސާ ދޭނެ އެހީ އިތުރަށް ލިބިއްޖެނަމަ، އެ ފައިސާ ނުހިފަހައްޓާ ކްލަބްތަކަށް ދޫކުރާނެ ކަމަށް ވެސް ޒުހޫރު ވިދާޅުވިއެވެ.

މީގެ ހަތް މަސް ކުރިން ރާއްޖޭގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ފަހު، ރަސްމީ ސީނިއާ ފުޓްބޯޅައިގެ އެއްވެސް މުބާރާތެއް ނުބާއްވައެވެ. އެހެންކަމުން ރާއްޖޭގައި ފުރަތަމަ ޑިވިޝަން ފުޓްބޯޅަ ނުކުޅޭތާ ނުވަ މަސް ދުވަސް މި ވަނީ ފާއިތުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.