Advertisement

24 Jul 2024
ޚަބަރު

އެފްއޭއެމް ހިންގަން ނޯމަލައިޒް ކޮމެޓީއަކާ ހަވާލުކުރުމަށް ފީފާއިން ނިންމައިފި

ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކަކާއެކު ބޮއްސުންލާފައިވާ އެފްއޭއެމް ހިންގުން ނޯމަލައިޒް ކޮމެޓީއަކާ ހަވާލު ކުރުމަށް ފީފާއިން ނިންމައިފިއެވެ.

މި ނޯމަލައިޒް ކޮމެޓީގެ ގޮތުގައި އައްޔަނުކުރާނެ ބަޔަކު ފީފާއިން ކަނޑައެޅުމަށް ހަމަޖެހިފައިވާއިރު، އެ ކޮމެޓީއަށް ދޭނީ 1 އަހަރު ދުވަހުގެ މުއްދަތެއްކަމަށް ފީފާ އިން ހާމަކޮށްފައިވެއެވެ. އަދި އެ ކޮމެޓީގެ ޒިންމާތައް އެ މުއްދަތުގެ ކުރިން ނިންމައިފިނަމަ، ކޮމެޓީގެ ދައުރު ނިމޭނެކަމަށް ވެސް ބުނެފައިވެއެވެ. މައްސަލަތައް ހައްލުކޮށް އެފްއޭއެމް އިންތިހާބުކޮށް ނިންމަން ޖެހޭ އެންމެ ފަހު މުއްދަތެއްގެ ގޮތުގައި އެ ކޮމިޓީ އަށް ފީފާއިން ދިނީ އަންނަ އަހަރުގެ ޖުލައި 31 ގެ ނިޔަލަށެވެ.

ފީފާއިން މިގޮތަށް ނިންމާފައިވާއިރު، އެފްއޭއެމްގެ އެކްސްކޯގެ ދައުރު ވަނީ މި މަހުގެ ދެވަނަ ދުވަހު ހަމަވެފައެވެ. ދައުރު ހަމަވިއިރު، ކުރީގެ ރައީސަކަށް ހުންނެވި ބައްސާމް އަދީލް ޖަލީލްއާ ދެކޮޅަށް ފީފާގެ މިނިވަން އެތިކްސް ކޮމިޓީން ވަނީ ނުވަ މަސް ދުވަހުގެ ސަސްޕެންޝަނެއް ކުރިމަތި ކުރުވާފައެވެ.

ނޯމަލައިޒް ކޮމެޓީއެއް އައްޔަން ކުރަން ނިންމި ނިންމުމާ ގުޅިގެން ފީފާގެ ބަޔާނުގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުން، ނޯމަލައިޒޭޝަން ކޮމިޓީއެއް ޔައްޔަން ކުރަން ނިންމީ އެ އެސޯސިއޭޝަން ކުރިމަތިވެފައިވާ ދޯހަޅި ހިންގުމުގެ މައްސަލަތަކުގެ އިތުރަށް މާލީ ގޮތުން ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް އަރައިގަތުމުގެ ގޮތުންނެވެ.

މި ކޮމެޓީއަށް އައްޔަން ކުރާނީ ކޮން ބައެއް ކަމެއް އަދި ފީފާއިން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.