Advertisement

ކުއާޓާ ފައިނަލް މެޗުގައި ވިކްޓްރީއިން ގޯލެއް ކާމިޔާބު ކުރުމަށްފަހު އުފާފާޅުކުރަނީ، ފޮޓޯ: އަދަދު

08 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ދެވަނަ ޑިވިޝަނުގެ ސެމީގައި ރާއްޖޭގެ ފުޓުބޯޅައިގެ ބޮޑު ދެބާރުގެ ކުރިމަތިލުމެއް

އެމްޕީއެލް ދެވަނަ ޑިވިޝަނުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑު އިއްޔެ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން، މެޗުގެ ބާކީ އޮތް 7 މިނެޓު ނުކުޅެ ވަނީ ނިންމާލާފައެވެ. އަދި މިއަދު ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ އެމެޖެންސީ ކޮމެޓީއިން އެ މެޗުގެ ބާކީ ވަގުތު ކުޅެން ނިންމާފައި ވަނިކޮށް، ކުޑަހެންވޭރު ޔުނައިޓެޑުން މެޗު އިތުރަށް ކުރިޔަށް ގެންދަން ބޭނުން ނުވާކަމަށް އެންގުމުން، މެޗު މެދުކަނޑާލިއިރު އޮތް ސްކޯއިން ވިކްޓްރީއިން މެޗު ކާމިޔާބުކުރިކަމަށް އެފްއޭއެމްއިން ކަނޑައަޅައިފިއެވެ.

އެހެންކަމުން، އިއްޔެގެ މެޗުން 3-1 އިން ވިކްޓަރީ މޮޅުވުމާއި ގުޅިގެން، ސެމީ ފައިނަލްގައި އެ ޓީމު ނިކުންނާނީ ޒަމާނީ ވާދަވެރި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ

އެފްއޭއެމްގެ އެމެޖެންސީ ކޮމެޓީއިން މެޗުގެ ބާކީބައި އަލުން ކުޅުމަށް ނިންމީ މިއަދުގެ މެންދުރުފަހުއެވެ. އެ ނިންމުމުގައި ވާގޮތުން، ވިކްޓަރީ އާއި ކުޑަހެންވޭރު ޔުނައިޓެޑު ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ހަމަނުޖެމާއި ގުޅިގެން، މެޗު މެދުކަނޑާލި ހިސާބުން އެ މެޗުގެ ބާކީ އޮތް 7 މިނެޓު ކުޅުމަށް ތާވަލުކުރި މާދަމާގެ ހަވީރު 4 ޖަހާއިރުއެވެ. މީގެ އިތުރުން، މެޗުގެ ބާކީ އޮތްބައި ކުޅުމަށް ނިންމީ ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ.

މީގެ ކުރިން 2005 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ނިއުރޭޑިއަންޓާއި ވެލެންސިއާ ބައްދަލު ކުރި މެޗު ހޫނުވެ، ކުޅުން މެދުކަނޑާލުމަށްފަހު އަލުން އަނބުރާ އެ މެޗު އެހެން ދުވަހެއްގައި ކުޅެން ނިންމިއެވެ. އެ މެޗު ވެސް ފަހުން ކުޅެފައިވަނީ ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.