Advertisement

ބައްސާމް ޢަދީލް ޖަލީލު ---

09 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ބައްސާމްގެ އެޕާޓްމަންޓްތައް ފުލުހުންނާއި ހަވާލުކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާއި ހަވާލުކޮށްފިއެވެ.

ފުލުންގެ އިދާރާއިން އިއްޔެ ވަނީ މިރޭގެ 00:00 ގެ ކުރިން އެ އެޕާޓްމަންޓްތައް ފުލުހުންނާއި ހަވާލުކުރުމަށް ބައްސާމަށް އަންގާފައެވެ. ފުލުހުންގެ އިދާރާއިން މިރޭ ދަންވަރު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ، އަންގާރަ ދުވަހުގެ ރޭގެ 00:00 ގެ ކުރިން ފުލުހުންގެ އެންގުމާއި އެއްގޮތަށް އެފްލެޓްތައް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

މިމަހުގެ 6 ވަނަ ދުވަހުގެ ކުރިން އެފްލެޓްތައް ފުލުހުންނާއި ހަވާލުކުރުމަށް ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ކޯޓުން އަމުރުކޮށްފައިވެއެވެ. އަދި ފުލުހުންގެ އިދާރާގައި ބައްސާމުގެ ފަރާތުން ވަނީ މިމަހުގެ ނިޔަލަށް އެތަން ހަވާލުކުރުން ފަސްކޮށްދިނުމަށް އެދިފައެވެ. އަދި އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައިގެން، އެތަން ހަވާލުކުރުން އޮކްޓޯބަރު 31އަށް ފަސްކޮށްދިން ކަމަށް ވިދާޅުވެ، ފުލުހުންގެ އިދާރާއިން މީޑިއާއަށް މައުލޫމާތުވެސް ހިއްސާކުރިއެވެ. އެހެން ނަމަވެސް އިއްޔެ ކުއްލިއަކަށް ފުލުހުން ނެރުނު އެހެން ބަޔާނެއްގައި ވިދާޅުވީ، އަންގާރަ ދުވަހުގެ ރޭގެ 00:00ގެ ކުރިން އެޕާޓްމަންޓްތައް ހަވާލުކުރުމަށް ބައްސާމަށް އަންގާފައިވާ ކަމަށެވެ.

އެ ދެފްލެޓަކީ، އެފްއޭއެމަށް ފީފާއިން ދީފައިވާ 1.9 މިލިއަން ޑޮލުގެ ތެރެއިން 1 މިިލިއަން ޑޮލަރު ވަގަށް ނަގައި، އެފައިސާ ބޭނުންކޮށްގެން ބައްސާމް ގަތް ކަމަށް ތުހުމަތު ކުރެވިފައިވާ ފްލެޓްތަކެކެވެ. އެ ދެ ފްލެޓްގައި ދިރިއުޅެމުން އައީ ބައްސާމާއި އޭނާއެ އާއިލާއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.